އިންޑިޔާ މިލިޓަރީ އައުޓް ކެންޕެއިންއާ ގުޅޭ ފަރާތްތައް ފަތުއަޑުކިޔާފަ ދާނީ އިތުރުވަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއާއި، ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެމްބަރުން ސޮއިކުރަމުންދާ ސަބަބާއި ގުޅޭގޮތުން ހަލީލް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލި، ޤައުމުގެ މަސްލަހަތު ގެއްލޭ ހިސާބަށް ދިއުމުން، ހުރިހާ ރައްޔިތުންވެސް ޤައުމީ މަސްލަހަތު އިސްކުރާނެކަމަށެވެ.
މިއަދު އެމްޑީޕީގެ އާންމު މެމްބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި، ޕީޕީއެމްއަކީ އަބަދުވެސް ޤައުމީ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާނެ ޕާޓީއެއްކަމަށެވެ. އަދި އެޕާޓީއާއި ކޮންމެ ރައްޔިތަކުވެސް ގުޅުމަށް އަބަދުވެސް ފުރުސަތު އޮންނާނެކަމަށާއި، ކޮންމެ ބޭފުޅަކަށްވެސް ޕީޕީއެމްގެ ދޮރުވަނީ ހުޅުވިފައިކަމަށެވެ. މިއަދު ގިނަ ބަޔަކު ޕީޕީއެމްއާއި ގުޅެނީ ރައީސް ޔާމީން ފައްޓަވާފައިވާ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއަށް ބޭރު ކުރުމަށް ކަމަށާއި، އެކަން ދެން ނުހުއްޓުވޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.
މިއީ ވ.ވަރުގަދައަށް އެމްޑީޕީއަށް ޤުރުބާންވަމުންދިޔަ ބޭފުޅުންތަކެއް. އެހެނަސް އެމްޑީޕީން ވަކިވީ، އެޕާޓީގެ އަމާޒު ގެއްލި، ދިވެހި ޤައުމީ މަޞްލަޙަތަށްވުރެ ވެރިކަމުގެ ދަހިވެތިކަމުގަ އިންޑިޔާގެ މަޞްލަޙަތު އިސްކޮށް، އިންޑިޔާގެ މިލިޓަރީ ރާއްޖޭގަ ތިބުމާ ދެކޮޅުހަދަން. ދިވެހި ޤައުމީ މަޞްލަޙަތު އިސްކުރާ އަދި ޙިމާޔަތް ކޮންމެ ރައްޔިތަކަށް ޕީޕީއެމް އޮތީ ހުޅުވާލެވިފަ. ﷲގެ ވާގިފުޅާއެކު ރ.ޔާމިން ފެއްޓެވި އިންޑިޔާ މިލިޓަރީ އައުޓް ކެންޕެއިންއާ ގުޅޭ ފަރާތްތައް ފަތުއަޑުކިޔާފަ ދާނީ އިތުރުވަމުން.
– ޚަލީލް ވިދާޅުވިއެވެ.
މިއީ ވ.ވަރުގަދައަށް އެމްޑީޕީއަށް ޤުރުބާންވަމުންދިޔަ ބޭފުޅުންތަކެއް. އެހެނަސް އެމްޑީޕީން ވަކިވީ، އެޕާޓީގެ އަމާޒު ގެއްލި، ދިވެހި ޤައުމީ މަޞްލަޙަތަށްވުރެ ވެރިކަމުގެ ދަހިވެތިކަމުގަ އިންޑިޔާގެ މަޞްލަޙަތު އިސްކޮށް، އިންޑިޔާގެ މިލިޓަރީ ރާއްޖޭގަ ތިބުމާ ދެކޮޅުހަދަން. pic.twitter.com/Ou7LyxdfbQ
— Dr. Abdulla Khaleel (@abkhaleel) December 30, 2021
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެވެސް ގިނަ މެމްބަރުންތަކެއް ޕީޕީއެމްއާއި ދަނީ ގުޅެމުންނެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންގެ ޝައުގުވެރިކަންވެސް ޕީޕީއެމްއާއި ގުޅުމަށް ދަނީ ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ