ކަޕޫރު އާއިލާގެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކަޕޫރު އާއިލާގެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ފާތިމަތު ނާވީ
31 ޑިސެމްބަރ 2021 07:54
0

ބޮލީވުޑްގައި ނުފޫޒު ގަދަ އާއިލާއެއް ކަމުގައިވާ ކަޕޫރު އާއިލާގެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެންމެ ފުރަތަމަ އެ އާއިލާއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ކަރީނާ ކަޕޫރެވެ. އޭނާ ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. ކަރީނާގެ އާއިލާއިން ނޫން ނަމަވެސް ސުރިންދަރް ކަޕޫރުގެ ފަޅިން ކަޕޫރު އާއިލާގެ އިތުރު ބަޔަކު ވަނީ މިހާރު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެތެރޭގައި އެކްޓަރު އަރްޖުން ކަޕޫރާއި އޭނާގެ ކޮއްކޮ އަންޝުލާ ކަޕޫރްގެ އިތުރުން ރިއާ ކަޕޫރާއި އޭނާގެ ފިރިމީހާ ކަރަން ބޫލާނީ ވަނީ ކޯވިޑަށް ޕޮޒިޓިވްވެ ކަރަންޓީންވެފައެވެ.

ކޮންމެވެސް ވަރަކަށް ކޯވިޑްގެ ހާލަތު ރަގަޅުވި ނަމަވެސް އަނެއްކާވެސް އިންޑިއާގައި ބަލީގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

އެގޮތުން މިހާރު އެންމެ ބޮޑަށް ކޯވިޑްގެ އަސަރު ފޯރާފައިވަނީ ބޮލީވުޑަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން އަންނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.

ބޮލީވުޑް ތަރިން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުން އަންނަނީ ޕާޓީ ތަކުގައި ބައިވެރިވުމާއި ކޯވިޑްގެ ގަވައިދުތަކާއި ހިލާފަށް އަމަލުތައް ބެހެއްޓުމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.