ރާޖޭޝް ކަންނާގެ ހަޔާތުގެ މައްޗަށް ފިލްމެއް

ރާޖޭޝް ކަންނާގެ ހަޔާތުގެ މައްޗަށް ފިލްމެއް

Author
ފާތިމަތު ނާވީ
07 ޖެނުއަރީ 2022 08:04
0

ބޮލީވުޑްގައި ފަހަކަށް އައިސް އެންމެ ހިނގާއެއް ބާވަތް ކަމުގައިވާ ބަޔޮޕިކްތައް ހަދާ މިންވަރު މިހާރު އަންނަނީ ވަރަށް ބޮޑުތަނުން އިތުރު ވަމުންނެވެ.

އެގޮތުން ބޮލީވުޑްގެ ފުރަތަމަ ސުޕަސްޓަރގެ ގޮތުގައި މަޝްހޫރުވި ރާޖޭޝް ކަންނާގެ ހަޔާތުގެ މައްޗަށް ފިލްމްއެއް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ. ޕްރޮޑިއުސަރު ނިކިލް ދިވެދީ ހަދަން ނިންމާފައިވާ މި ފިލްމު ޑައިރެކްޓް ކުރާނެކަމަށް ބެލެވެނީ ފަރާ ޚާނެވެ.

ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ފިރިމީހާ އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ބައްޕަގެ ހަޔާތުގެ މައްޗަށް ފިލްމްއެއް ހަދާއިރު މި ފިލްމުގައި ސްޕަސްޓަރ ރާޖޭޝްގެ ރޯލު ކުޅޭނެ ތަރިއެއް އަދި އިއުލާނެއް ނުކުރެއެވެ.

ކާމިޔާބު ފިލްމީ ތަރިއެއްގެ އިތުރުން ރާޖޭޝް ކަންނާ އަކީ އިންޑިއާގެ ސިޔާސީ މައިދާނުގައިވެސް މަސައްކަތްކުރި މީހެކެވެ. އެގޮތުން 1992-1996 އަށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާގެ މެމްބަރުކަން ކުރިއެވެ.

ފިލްމީ އެތައް އެވޯޑެއްގެ އިތުރަށް އިންޑިއާގައި ތިން ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު، ޕަދުމާ ބުޝަން ވެސް ރާޖޭޝް ކަންނާއަށް އަރުވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.