ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ފަނޑިޔާރުންނާ ބެހޭގޮތުން ޤާނޫނީ ވަކީލުންގެ މެދުގައި ސިއްރު ސަރވޭއެއް ކުރިއަށްގެންދަން ފަށައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށް ގެންދާ މި ސަރވޭއަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްޓަކައި ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓު މުވައްޒަފުންނާ ކުރެވޭ ސިއްރު ސާރވޭގެ ތެރެއިން ބައެކެވެ. މިހަރު ކުރިއަށްދާ ސަރވޭ ޚާއްސަކުރައްވާފައިވަނީ ޤާނޫނީ ވަކީލުންނަށެވެ.
މިސަރވޭގެ ދަށުން 29 ޤާޟީއެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ކަނޑައަޅާފައިވެއެވެ.
މަސައްކަތުގެ ފެންވަރު ވަޒަންކުރާ ޤާޟީން:
1. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު އާދަމް އިބްރާހިމް އިސްމާޢީލް
2. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު
3. ކްރިމިނަލް ކޯޓް، ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް
4. ޑްރަގް ކޯޓް، އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
5. ޖުވެނައިލް ކޯޓް، ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފް
6. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު
7. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު
8. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛު އަޙްމަދު ސަމީރު ޢަބްދުލްޢަޒީޒް
9. ކްރިމިނަލް ކޯޓް، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު
10. ޑްރަގް ކޯޓް، ޤާޟީ އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރު
11. ސިވިލް ކޯޓް، އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ
12. ޑްރަގް ކޯޓް، ޤާޟީ އަލްއުސްތާޛު މުހުތާޒު ފަހުމީ
13. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހިމް
14. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު އަޙްމަދު ރަޝީދު
15. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛު އަޙްމަދު މުޞްތަފާ
16. ކްރިމިނަލް ކޯޓް، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު
17. ޑްރަގް ކޯޓް، ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފް
18. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲ
19. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު
20. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛު އިބްރާހިމް މާހިރު
21. ޖުވެނައިލް ކޯޓް، އިސް ޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހިމް
22. ޑްރަގް ކޯޓް، ޤާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމް
23. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛު ޢަބްދުލްނާޞިރު ޝަފީޤު
24. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު
25. ކްރިމިނަލް ކޯޓް، އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލް
26. ޖުވެނައިލް ކޯޓް، ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު
27. ޑްރަގް ކޯޓް، ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު
28. ސިވިލް ކޯޓް، ޤާޟީ އަލްއުސްތާޛާ ޙާފިޡާ ޢަބްދުސައްތާރު
29. ފެމިލީ ކޯޓް، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު
މި ލިސްޓުގައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ސާރވޭ ފޯމުތައް ފުރިހަމަކުރުމަށްފަހު މިފެށޭ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ޖޭއެސްސީގެ އީމެއިލް [email protected] އަށް ފޮނުއްވައި ދެއްވުމަށް އެކޮމިޝަނުން އެދެއެވެ.
ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރެވޭ މުއްދަތުގައި، ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާބެހޭ މަޢުލޫމާތު އަމިއްލަ ހައިސިއްޔަތުން އެނގޭނެ ޤާނޫނީ ވަކީލުންނާ ސިއްރު ސާރވޭއެއް ކުރުމަށްޓަކައި ސުވާލުތަކެއްކޮށް ޖަވާބު ލިބިގަތުމަށްޓަކައި، އެފަރާތްތަކަކީ ކޮންބައެއްކަން ނޭނގޭގޮތަށް، އިވެލުއޭޓުކުރެވޭ ފަނޑިޔާރާގުޅޭ މަޢުލޫމާތު ހޯދުމުގެ ގޮތުން އިވެލުއޭޓަރުންގެ ފަރާތުން ދައުވަތު އަރުވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ