އަކްޝޭ ރާއްޖޭގައި

އަކްޝޭ ރާއްޖޭގައި

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2021 08:13
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ފަހަކަށް އައިސް ވަރަށް މަގުބޫލު މަންޒިލެކެވެ.

އާ އަަހަރާ ދިމާކޮށް އަކްޝޭ ރާއްޖެ އައިސްފައިވާ އިރު މި ދަތުރުގައި އާ އަހަރު ފާހަގަ ކުރުމުގެ އިތުރުން އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އުފަންދުވަސް ވެސް ފާހަގަ ކުރުމަށް ހަމަޖެހިފައިާކަމަށް ޚަބަރުތައް ބުނެއެވެ.
މި ދަތުރުގައި މި ދެމީހުންގެ އަންހެން ދަރިފުޅު ނިތާރާ ވެސް ބައިވެރިވެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އަކްޝޭ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ޗުއްޓީގެ ފޮޓޯތައް އާންމުންނާ ހިއްސާ ކުރަމުންނެވެ. އަކްޝޭ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އަތުރަންގީ ރޭ" އިންނެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މިއީ ޗުއްޓީ ހޭދަކޮށްލުމަށް އަކްޝޭ ރާއްޖެ އައި ފުރަތަމަ ފަރެއް ނޫނެވެ. އަކްޝޭގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ވަނީ ކޯވިޑްގެ ބަންދުތަކަށް ފަހު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.