ގުރައިދޫއިން 177 ބިޔަރު ދަޅު ހޯދައި، ފުލުހުންގެ ބެލުމުގެ ފަށަށް

ގުރައިދޫއިން 177 ބިޔަރު ދަޅު ހޯދައި، ފުލުހުންގެ ބެލުމުގެ ފަށަށް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2021 12:28
0

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.

އެތަކެތި ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައެވެ. އެގޮތުން، އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުރި 177 ބިޔަރު ދަޅު ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.