ހާރޑް އިމުނިޓީގެ ރައްކާތެރިކަމަކީ، ވައިރަހުގެ ޒަރީއާއިން ގައިންގަޔަށް ފެތުރޭ ބަލިތަކުން ރައްކާތެރިކަން ލިބިގެން ދިއުމުގައި ވަރަށް ގިނަ ފަހަރަށް ކުރެވޭ އުއްމީދެކެވެ.
ސަބަބަކީ ހާރޑް އިމުނިޓީއަކީ، މުޖުތަމައުގެ ގިނަ ބަޔަކަށް ބަލިޖެހި، (ނުވަތަ ގިނަ ބަޔަކަށް ވެކްސިން ދެވުމާއެކު) ވައިރަހާއި ދެކޮޅަށް ހަގުރާމަ ކުރުމުގެ ގާބިލްކަން ގިނަބައެއްގެ ހަށިގަޑުގެ ދިފާއީ ނިޒާމަށް ލިބިގެން ދިއުމުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލްވުމުގެ ފުރުސަތު ވައިރަހަށް ގެއްލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުޅި މުޖުތަމަށްއަށް ގުދުރަތީ ގޮތުން ލިބިގެންދާ ރާއްކާތެރި ކަމެވެ.
ކޯވިޑް19 ދުނިޔޭގައި ފެތުރެން ފެށުމާއިއެކު، ގިނަ ބަޔަކު ކުރި އެއް އުއްމީދަކީ، އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ގިނަ ބަޔަކަށް ބަލި ޖެހުމަށްފަހު، ނުވަތަ އާބާދީތަކުގެ ބޮޑު ބަޔަކަށް ވެކްސިން ދެވުމާއެކު، ގައުމުތައް ހާރޑް އިމިއުނިޓީއަކަށް ގޮސް، މިބަލިން ރައްކާތެރިކަން ލިބިގެންދާނެ މަގުތައް ހުޅުވިގެން ދިއުމެވެ.
އެހެންނަވެސް، ކޯވިޑް19 އާލަމީ ވަބާއެއްގެ ގޮތުގައި ދުނިޔެއަށް އާންމުވެ، ދުނިޔޭގެ ގައުމުތައް މި ބައްޔާއި ހަގުރާމަ ކުރަމުންދާތާ 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ހާރޑް އިމިއުނިޓީއަކީ، މި އާލަމީ ވަބާގެ ނިމުން ކަމުގައި ކުރިން ކުރެވުނު އުއްމީދުތައް މިވަނީ ވިއްސިވިހާލުވުމާއި ގާތައް ދަތުރު ކޮށްފައެއްވެ. ނުވަތަ ޑޮކްޓަރުން މިހާރު ވިދާޅުވަމުން ގެންދަވަނީ، ހާރޑް އިމުނިޓީ މި ބައްޔާއި ދެކޮޅަށް ދުވަހަކުވެސް ލިބިގެން ނުގޮސްފާނެ ކަމަށެވެ. ނުވަތަ ހާރޑް އިމުނިޓީ އައިސް ގޮސްވުމަކީވެސް ގާތް ކަމެއްގެ ގޮތުގައެވެ.

ހާރޑް އިިމިއުނިއަކީ އުދަގޫ ހައްލަކަށް ވަނީ ކީއްވެ؟
"ހާރޑް އިމުއިނިޓީއަކީ، ބަލި ޖެހުމުގެ ސަބަބުން ނުވަތަ ވެކްސިން ދީގެން ނަމަވެސް، މުޖުތަމަޢުގައި ވައިރަސް ފެތުރުން ހުއްޓުމަކަށް އައުން،" އެމެރިކާގެ ވޮޝިންގޓަން ޔުނިވަރސިޓީގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވޭލުއޭޝަންގެ ޑިރެކްޓަރ ޑރ. ކުރިސްޓޮފަރ މުރޭ ވިދާޅުވެފައި ވެއެވެ.
މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، ހާރޑް އިމިއުނިޓީއަކަށް ދިއުމަށްޓަކާ، ބަލިން ރައްކާތެރިކަން ލިބެންޖެހެނީ އާބާދީއެއްގެ ކިހާ މިންވަރަކަށްކަން ދެނެގަތުމުގައި ތަފާތުތައް އެބަހުއްޓެވެ.
އެމެރިކާގެ ނޭޝަނަކް އިންޓިޓުއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީސެސްގެ ވެރިޔާ އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ، އާބާދީއަކަށް ހާރޑް އިމިއުނިޓީގެ ރައްކާތެރިކަން ލިބިގެންދާނީ، އާބާދީއެއްގެ %70 އާއި %80 ދެމެދުގެ މިންވަރަަކަށް މީހުންނަށް ބަލިން ރައްކާތެރިކަން ލިބިގެންނެވެ. އެހެންމަވެސް، ސާރޓިފައިޑް އިންޓަރނިސްޓެއް ކަމުގައިވާ ޑރ. ޖޯގު ރޮޑްރިގޭސް ވިދާޅުވެފައިވަނީ ހާރޑް އިމުނިޓީގެ ރައްކާތެރިކަން ލިބިގެންދާނީ، %85 އާއި %90 މީހުންނަށް އޭގެ ޒާތުގައި ބަލިން ރައްކާތެރިކަން ލިބިގެން ކަމުގައެވެ.
"އެމެރިކާގެ މުޅި އާބާދީގެ %70 މީހުންނަށް (ކުޑަކުދިންވެސް ހިމެނޭ ގޮތުން) ވެކްސިން ދީ، އެއަށްފަހު %15 އާއި %20 އާއި ދެމެދުގެ މީހުންނަށް ބަލި ޖެހުމުން، އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެހާތަނުން ހުންނާނީ ހާރޑް އިމިއުނިޓީއާއި ދާދި ގާތަށް ދަތުރު ކުރެވިފަ،" ޑރ. ޖޯގު ރޮޑްރިގޭސް ވިދާޅުވިއެވެ.
އެހެންނަމަވެސް، ކޯވިޑާއި ދެކޮޅަށް ކުރަމުންދާ ހަގުރާމާގައި ފާހަގަކޮށްލަންޖެގޭ މުހިންމު ނުކުތާއެއް އެބަ އޮތެވެ. ދުނިޔޭގެ ގައުމުތަކުން މިހާތަނަށްވެސް އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދީފައެއް ނުވައެވެ. ފައިޒަރ/ބައޯއެންޓެކް ވެކްސިނަކީ 12 އަހަރުން މަތީގެ މީހުންނަށް މިހާތަނަށް ދެމުން އަންނަ ވެކްސިނެކެވެ. މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ ހުއްދަ ދޫކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

އެހެންނަމަވެސް މި ތިން ވެކްސިންވެސް ފާއިތުވެދިޔަ ތަނުގައިވަނީ ކުޑަކުދިންނަށް ދިނުމަށްޓަކާ ތަހުލީލުތަށް ކުރިޔަށް ގެންގޮސްފައެވެ. ކްލިނިކަލް ޓަރަޔަލްތަކުން ދައްކާފައިވާ ގޮތުގައި ފައިޒާ އިންކް އާއި ބައޯއެންޓެކް އިން އުފައްދާފައިވާ ކޯވިޑް19 ވެކްސިން އިން، 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ވައިރަހުން ރައްކާތެރި ކޮށްދިނުމުގައި ވަރަށް ފުރިހަމަ ނަތީޖާއެއް ދައްކާދީފައިވާ ކަމުގައި މިދެކުންފުނިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމެރިކާގެ ނޭޝަނަކް އިންޓިޓުއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިސީސެސްގެ ވެރިޔާ އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ، ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަމަށް އަދިވެސް އަންދާޒާ ކުރެވެނީ 2022 ފެށުމަށް ފަހުއެވެ.
ވެކްސިންތައް ފުޅާވެގެން އަންނަ އައުމާއިއެކުވެސް އަދި ބަލި ޖެހެމުންދާ ނިސްބަތާއި އެކުވެސް، ސިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ހާރޑް އިމުނިޓީއަކަށް ދިއުމުގައި ކުރިމަތުވެފައިވާ އަނެއް ގޮންޖެހުމަކީ، ކުޑަކުދިންނަށް ބަލިޖެހި އެއީ ގައިންގަޔަށް ބަލި ފެތުރުމަށް އޮތް ވަސީލަތެއްގެ ގޮތުގައި އަދިވެސް ބެލެވެން އޮތުމެވެ.
ވެކްސިނާއި ދެކޮޅު މީހުންގެ ފަރާތުން ބޮޑު ގޮންޖެހުމެއް!
ދުނިޔޭގެ ގައުމުތައް ހާރޑް އިމިއުނިޓީއަކާ ހަމައަށް ދަތުރުކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ފެންނާން އޮތް އަނެއް ގޮންޖެހުމަކީ ވެކްސިނާއި ދެކޮޅު ފަރާތްކަވެ.
އަދި ވެކްސިނާދެކޮޅު ފަރާތަތަކުގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަތިވެއްޖެނަމަ، އެކަށީގެންވާ މިންވަރަކަށް އާބާދީގެ ތެރޭގައި ބަލި ފެތުރި، އާންމު ހާލަތަކަށް ދިއުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ދާނެއެވެ.
އެމެރިކާގެ ކައިސާރ ފެމިލީ ފައުންޑޭޝަން ކޯވިޑް19 ވެކްސިން މޮނިޓާރއިން ކޮށްފައިވާ ދިރާސާއިން ދައްކާފައިވާ ގޮތުގައި،، އެގައުމުގެ އާބާދީގެ %20 މީހުން ބޭނުންވަނީ ވެކްސިން ނުޖަހާށެވެ. ނުވަތަ ވެކަސިން ޖަހަން ބޭނުންވަނީ ވަޒީފާ އަދާކުރުމަށްޓަކާ ނުވަތަ ސްކޫލަށް ދިއުމަށްޓަކާ ވެކްސިން ޖެހުމަކީ މަޖުބޫރީ ހާލަތަކަށް ވެގެން ހިގައްޖެނަމަ އެކަންޏެވެ.
ޑރ. ޑރ. ޖޯގު ރޮޑްރިގޭސް ވިދާޅުވެފައިވާ ގޮތުގައި، ކޮރޯނާ ވައިރަހުގެ ނަތީޖާއެއްގެގޮތުން، އޭގެ ޝިކާރައަކަށްވާ މީހުންގެ ހާލަތު ދަށްވެގެންދާ ދަރަޖަ މީހުންނަށް ތަޖުރިބާ ކުރެވެމުން ދިޔަވަރަކަށް ވެކްސިން ޖަހަން ބޭނުން ނުވާ މީހުންގެ ނިސްބަތް ދަށްވެގެން ދާނެކަމަށް އޭނާ ލަފާ ކުރައްވައެވެ.
އަލަށް ތައާރަފްވަމުންދާ ވެރިއެންޓްތައް!
"އޭގެ ޒާތުގައި ބަލިޖެހުމުގެ ސބަބުން ހަށިގަޑުގެ ދިފާއީ ނިޒާމަށް ލިބޭ ރައްކާތެރިކަން ދެމިހުންނާނީ ކިހާ މުއްދަތަކަށްކަން އަހަރެމެންނަކަށް ބުނާކަށް ނޭގޭ،" ޑރ. ޑރ. ޖޯގު ރޮޑްރިގޭސް ވިދާޅުވެފައި ވެއެވެ.
"ބަލި ޖެހުމަށްފަހު، އަދި އޭގެ އެއްމަސް ދުވަހަށްފަހު ކުރި ތަހުލީލުތަކުން ވައިރަހުގެ އެންޓި ބޮޑީތައް ހަށިގަޑުން ފެންނާ ނެތް ބަލިމީހުންނަށްވެސް އަހަރެން ފަރުވާ ދީފިން،… ބަލީގެ ހާލަތު ގޯސްވެގެން ދިޔައިރު ބަލިޖެހުނު، އެއަށްފަހު އަދިއަދާ ހަމައަށްވެސް އެމީހުންގެ ދިފާއީ ނިޒާމުގެ ތެރޭގައި އެންޓި ބޮޑީތައް ހުރި މީހުންނަށްވެސް އަހަރެން ފަރުވާ ދީފިން.. އެހެންކަމުން މިއީ އަންދާޒާ ކޮށްލަންވެސް ދަތި ކަމެއް،" އޭނާ ވިދާޅިވެފައި ވެއެވެ.
"އަދި ވެކްސިންގެ ޒަރީއާއި ރައްކާތެރިކަން ފޯރުކޯށްދޭނީ ކިހާ މުއްދަތަކަށްކަންވެސް އަދި އެގޭކަށް ނެތް. އެއީ 1 އަހަރުގެ މުއްދަތަކަށް ކަމެއް، 2 އަހަރުގެ މުއްދަތަކަށް ކަމެއް، އެއީ 9 މަސްދުވަހުގެ މުއްދަތކަށް ކަމެއް، މިއީ ދެނެގަތުން އުދަގޫ ކަމެއް. އެހެންނަމެސް، ވެކްސިން ޓަރަޔަލް ތަކުގައި ހުރި މީހުންގެ ޓަރަޔަލްތައް ނިމުން މީގެ ރަގަޅު އަންދާޒާއެއް ހެދިގެން ހިގައިދާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ވޮޝިންގޓަން ޔުނިވަރސިޓީގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވޭލުއޭޝަންގެ ޑިރެކްޓަރ ޑރ. ކުރިސްޓޮފަރ މުރޭ ވިދާޅުވެފައިވާ ގޮތުގައި، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ވެކްސިންގެ ޒަރީއާއި ލިބޭ ރައްކާތެރިކަން އޭގެ ޒާތުގައި ބަލި ޖެހިގެން ލިބޭ ރައްކާތެރިކަމަށްވުރެ ފުރިހަމަ ވާނެއެވެ.
"މިކުރެވޭނީ ވަރަށް ރަގޅު ސުވާލެއް،" އޭނާ ވިދާޅު ވިއެވެ. "ބަލި ޖެހިގެން ލިބޭ ރައްކާތެރިކަން އަހަރަކަށް، މިސާލަކަށް %20 އާއި %30ގެ މިންގަޑެއްގައި ދަށްވަމުން ދިއުން، އަދި އެއަށްފަހު ވެކްސިން ޖަހައިގެން ލިވޭ ރައްކާތެރިކަން މިސާލަކަށް އަހަރަކަށް %10 ދަށްވަމުން ހިގައިދާނެތޯ، މިއީ އަންދާޒާ ކޮށްލުން ދަތި މިންގަޑުތަކެއް،" ޑރ. ކުރިސްޓޮފަރ މުރޭ ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، މި ދެހާލަތުވެސް ފެންނާން އޮތުމާއެކު، ވައިރަހާއި ދެކޮޅަށް ލިބެމުންދާ ރައްކާތެރިކަންވެސް އަހަރަކަށްވުރެ އަހަރެއް ދަށްވަމުން ދިއުމާއި، އާ ނުރައްކާތެރި ވޭރިއެންޓްތައް އުފަންވަމުންދާ ދިއުމާއި، އަދި ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ދާއިމީ ގޮތެއްގައި، މެދުނުކެނޑި ވެކްސިން ޖެހުން ނިމުމަކަށް އަންނަމުން ދިއުމާއެކު، އާބާދީތައް ހާރޑް އިމުނިޓީއަކަށް ދިއުމުގައި މުސްތަގުބަލުގައި، ކޯވޮޑް19 ފަދަ ބައްޔަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ދާނެއެވެ.
އަދި މިބަލީގެ ހާލަތު ބަދަލު ބަދަލުވެގެން ދާނީ، އާދައިގެ ރޯގާތަކަށް ކޮންމެ އަހަރަކުވެސް ވެކްސިން ޖަހަން ޖެހިފައިވާފަދަ ހާލަތަކަށް ކަމުގައި ސައިންވެސް ވަނީ ލަފާ ކޮށްފައެވެ.
އެހެންކަމުން ކޯވިޑް19 އެންމެ ފަހުން ވެގެންދާނީ ފިލައިގެން ނުދާނެ ބައްޔަކަށް ކަމުގައި ސިއްޙީ މާހިރުން މިހާރުވަނީ ލަފާ ކުރަން ފަށާފައެވެ. އެހެންނަމަވެސް، މިވަގުތު ދުނިޔެ ކުރިމަތި ލާންޖެހިފައިވާފަދަ ނުރައްކާތެރި ބައްޔަކަށް މުސްތަގުބަލުގައި މިބަލި ވެގެން ނުގޮސްފާނެއެވެ. އެއީ ސައިންސް ވެރިންނާއި ސިއްޙީ ތަޖުރިބާކާރުންގެ އެންމެ ކުޑަމިނުން މިހާރު އުއްމީދެވެ.
ކޮމެންޓު ފޮނުވާ