ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 262 އަށް

ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 262 އަށް

ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު 262 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ ފަތިހު 5:30ގައި ތ.ވިލިފުށިން މާލެ ގެނައި މީހަކު ނިޔާވެފައިވާކަމަށެވެ. އަދި މިިމީހާ ނިޔާވުމުން ހެދި ޓެސްޓުން ކޯވިޑަށް ޕޮޒިޓިވްވެފައިވުމުން، މިމަރަކީ ކޮވިޑް މަރެއްގެ ގޮތުގައި ބަލާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޯވިޑް ބަލީގައި އެންމެ ފަހުން ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 23ވަނަ ދުވަހުއެވެ. ކޮވިޑްގައި މިމަހުގެ 20 ވަނަ ދުވަހު ދަޢުލަތަށް ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުވެސް ވަނީ ނިޔާވެފައެވެ.

ކޯވިޑް19ގެ ގިނަ ކޭސްތައް މިހާރު ފެންނަމުންދަނީ އަތޮޅުތަކުންނެވެ. ފަހަކަށް އައިސް އަތޮޅުތަކުން ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ.

ކޯވިޑްގެ ހާލަތު އެންމެ ގޯސްވެ، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އެމަހު އެކަނިވެސް 88 މީހަކު ނިޔާވެފައިވެއެވެ. އަދި ފާއިތުވި އޮކްޓޫބަރު މަހު ނިޔާވެފައިވަނީ 12 މީހެކެވެ. މިވަގުތުވެސް ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް 1900އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *