އަދާލަތު ޕާޓީގެ ލީޑަރޝިޕް އެހެން ބަޔަކާއި ހަވާލު ކުރުމަށް އާދަމް ޝަރީފް ގޮވާލައިފި

އަދާލަތު ޕާޓީގެ ލީޑަރޝިޕް އެހެން ބަޔަކާއި ހަވާލު ކުރުމަށް އާދަމް ޝަރީފް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2021 07:53
0

ދީނާއި މިނިވަންކަމުގެ ދިފާއުގައި ބަސް ނުބުނާނަމަ، އަދާލަތު ޕާޓީގެ ލީޑަރޝިޕް އެހެން ބަޔަކާއި ހަވާލު ކުރެއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް އިސްލާމްދީނާއި، ދެކޮޅަށް ހިންގޭ ހަރަކާތްތަކާއި، ދީނާއި ޚިލާފް ކަންތައްތައް ހިންގަމުންދާއިރު އަދާލަތު ޕާޓީއަށް އެންމެ ރަނގަޅަށް އެޕާޓީން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވޭ ކަމަށް ތުހުމަތުކޮށް އާދަމް ޝަރީފް ވިދާޅުވީ ދީނާއި ދުރު އެތައް ކަމެއް އާންމުވާއިރު އަދާލަތު ޕާޓީން ކަހާތަން ހިރުވާވެސް ނުލައި ތިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި އަދާލު ޕާޓީއަށް ބަސް ބުނަން ނުކުރޭނަމަ، އަދާލަތު ޕާޓީގެ ލީޑަރޝިޕް އެހެން ބަޔަކާއި ހަވާލު ކުރެއްވުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިސްކިތްތަކުގެ ހުރުމަތް ކަނޑައި އެހެންދީންތައް ފަތުރަން އުޅޭއިރު އަދާލަތު ޕާޓީން "ކަހާތަން ހިރުވާވެސް ނުލާ" ސަރުކާރު ކޯލިޝަންގައި ތިބިނަމަވެސް، ދީނާއި މިނިވަންކަމުގެ ދިފާއުގައި ބަސް ނުބުނާނަމަ، އަދާލަތު ޕާޓީގެ ލީޑަރޝިޕް އެހެން ބަޔަކާއި ހަވާލު ކުރައްވާ!

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއްކަމަށް އަދާލަތު ޕާޓީންބުނެ ނެރުނު ބަޔާނާއި ގުޅިގެންނެވެ.

އަދާލަތު ޕާޓީއަކީ މީގެ ކުރިން އިސްލާމްދީނާއި ދިވެހިންގެ ދިފާއުގައި ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. ޚާއްސަކޮށް ރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމުން އެކަމާއި އެންމެބޮޑަށް ވަކާލާތުކޮށް އަޑު އުފުލި ޕާޓީއަކީ އަދާލަތު ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

R Rty
Sehuge agayah gohmuh vahdhaafa huree dhenkihineh ehcheh bunaanee mikahala seykun thibenee mulhigaumu dhovelaifi.