އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފް އެކުގައި އެކްޝަން ފިލްމަކުން ދާދި އަވަހަށް ފެންނާނެކަން ވަނީ އިއުލާން ކޮށްފައެވެ. އަލީ އައްބަސް ޒަފަރު ޑައިރެކްޓް ކުރާ މި ފިލްމަށް "ބަޅޭ މިޔާ ޗޯޓޭ މިޔާ" ކިޔަން ނިންމައިފައިވާކަމަށް ރިޕޯޓްތަށް ވަނީ ބުނެފައެވެ.
ޕޫޖާ ފިލްމްސްގެ ތަތްގަނޑުގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.
1989 ވަނަ އަހަރު ވަނީ މި ނަމުގައި ފިލްމެއް ގެނެސްދީފައެވެ. އެ ފިލްމުން ފެނިގެން ދިއައީ އަމީތާބް ބައްޗަން އާއި ގޯވިންދާއެވެ. ގޯވިންދާ ވަނީ އެ ފިލްމްގައި ޑަބަލް ރޯލު ކުޅެފައެވެ.
އަކްޝޭ އާއި ޓައިގާގެ ފިލްމަކީ ވަރުގަދަ އެކްޝަން ތަރިއްލާއެކެވެ. މީގެ ކުރިން ޓައިގާ ވަނީ ރިތިކާއި އެކު އެކްޝަން ފިލްމެއް ކުޅެފައެވެ. އެއީ 2019 ވަނަ އަހަރުގެ "ވޯރ" އެވެ.