އިންޑިއާ އައުޓް ޓީޝާޓް ލުމަކުން، ހައްޔަރެއް ނުކުރެވޭނެ: ޑރ.ޖަމީލް

އިންޑިއާ އައުޓް ޓީޝާޓް ލުމަކުން، ހައްޔަރެއް ނުކުރެވޭނެ: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2021 10:40
0

އިންޑިއާ އައުޓް ޓީޝާޓް ލުމުން މީހަކު ހައްޔަރެއް ނުކުރެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީހުން ހައްޔަރު ކުރުަށްފަހު އިންޑިއާ އައުޓް ޓީޝާޓު ލައިގެން މުޒާހަރާ ނުކުރެވޭނެކަމަށް ފުލުހުން ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ، ސުލްހަ ވެރިކަމާއިއެކު ހިންގޭ ސިޔާސީ ހަރަކާތް ފުލުހުންނަށް ނުހުއްޓުވޭނެކަމަށެވެ. ޤާނޫނުގައި ފުލުހުންނަށް މީހުން ހައްޔަރުކުރެވޭނެ ވަހި ގޮތްތަކެއް ކަނޑައަޅާފައިވާއިރު އުސޫލުން ބޭލުން މީހުން ހައްޔަރުކޮށް އަނިޔާ ނުދެވޭނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. އަދި މިހާރު ފެނިގެންދަނީ ޗިލީ ސޯސް ލައިގެން މީސްމީހުންގެ ތުނބުޅި ބޭލިކަމަށް އެމްޑީޕީން ބުނި ޒަމާން ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ސުލްހަވެރި އެއްވުންތަކަށް ހުރަސްއެޅުމަކީ ޤާނޫނީ ކުށެއް. ފުލުހުންނަށްވެސް މީހުން ހައްޔަރުކުރެވޭނީ ވަކި އުޞޫލަކުން. އިންޑިއާ އައުޓް ޓީޝާޓް ލުމުން އަދި މީހަކު ހައްޔަރެއް ނުކުރެވޭނެ. ޗިލީ ސޯސް ލައިގެން މީސްމީހުންގެ ތުނބުޅި ބޭލިކަމަށް އެމްޑީޕީން ބުނި ޒަމާން އިޢާދަ ކުރަނީބާ؟

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ހުޅުމާލޭ ސްޓިއަރިން ކޮމެޓީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަނީ އެހަރަކާތުގެ ތެރެއިން 4 މީހަކު ހައްޔަރުކޮށްފައިކަމަށެވެ.

ފުލުހުންވަނީ އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނިކުމޭވެނެކަމަށް މުޒާހަރާގެ ބައިވެރިންނަށް އަންގާފައެވެ. އަދި ބައެއް މީހުން ދުއްވި ސައިކަލްތައް ވެސް ވަނީ ނުރައްކާތެރިކޮށް ދުއްވިކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފަހަތަށް ބިޑި އަޅުވައިގެންނެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މިކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. މިހަރަކާތް ހުއްޓުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހަރަކާތް ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޯންލެސް
ބަޔެއްގެދަށުވިޔަސްް ތީބޮޑުވަރުު
ސ ސަރީފް
އޭނާހައްޔަރުކުރީ ޖަނގިޔާނުލާހުރެގެންކަމައްވަނީ
އ އަހުމަދު
ދެކޮޅުހަދާ އެންމެން ހައްޔަރުކޮށްގެން އިންޑިއާއަށް ޤައުމު ވިއްކާލެވިދާނެ ކަމަށް ހީކުރުމަކީ ވަރަށްބޮޑު އޮޅުމެއް. މީ ހުރިހާ ދިވެހިންގެ ލޮބުވެތި ފަސްގަޑު. ޚާއިނުން ކިތަންމެ ބޭނުންވިޔަސް މި ފަސްގަނޑުން އިންޑިއާ ސިފައިންނަކަށް ޖާގައެއް ނުދެވޭނެ.
އ އަސްމި
ތިޔައީ ހިތްވަރު ގަދަ ފުލުހެއް. އާންމުގޮތެއްގައި ގިނަ ފުލުހުންނަށް ކުރަން ކެރޭނީ ޑިސަންޓްކޮށް ސައިކަލް ދުއްވާ މީހުންނާއި ރީތި ކުދިންނާ ސުވާލުކުރުމާއި، ޕާރކްކޮށްފައި ހުންނަ ސައިކަލް ހުށްޓުވާ (ހުށްޓިފައި ހުންނަ ސައިކަލު) ތަކާ ސުވާލުކޮށް ސްޓިކާ ޖެހުން. އަދި ގައުމީ ދިދައާއި ޕިންކް ޓީޝާރޓް ލީ ހަކުރު ނުބޯ ޑީސަންޓް ސިޓިޒަނުން ފަހަތުން ދުވެ ސްޕްރޭ ޖެހުން. ބޯދިގު ސައިލެންސަރު ފެޅި މީހަކާ ކައިރިވެވޭވަރަށް ވުރެ ޓްރެއިންގ ލިބިފައިވާ ފެންވަރު ދަށްވާނެ.