ބޭރުގެ އަސްކަރީ ބާރުތަކުން ޜާއްޖޭގައި ތިބެން ތަރުހީބު ދިނުމަކީ އަދާލަތު ޕާޓީގެ އިސްލާމީ އުސޫލްތަކަށް ވެވޭ ޚިޔާނާތެއްކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.މުހައްމަދު އިޔާޒަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.
ޑރ.ޝަހީމާއި ޑރ.އިޔާޒްގެ ޓްވިޓާގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ރައްދު ދެއްވަމުން ގެންދަވާއިރު، ޑރ.ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީގެ ފައުންޑަރުންނަށް ޝަހީމް ދައްކަވާ ވާހަކަފުޅުތަކުގެ މާނަ އެނގިވަޑައިގަންނަވާނެކަމަށެވެ.
ޑރ.ޝަހީމް ވިދާޅުވީ، ބޭރުގެ އަސްކަރީ ބާރުތަކުން ރާއްޖޭގަ ދެމިތިބެން ތަރުހީބުދޭ މޭރުމަކުން ދައްކާފައިވާ ވާހަކަތައް އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާއިން އެންޑޯސްކުރުމަކީ އެޕާޓީގެ އިސްލާމީ އުސޫލްތަކަށް ވެވޭ ޚިޔާނާތެއްކަމަށެވެ.
AP ge founderunah engeyne mi dhakkaa vahakayge maana .beyruge Askaree baarakun Raajjeyga dhemithiben tharuheebu dhey meyrumun dhakkaafa vaa vaahakathah AP ge rasmee twitter in endorse kurumaki thi party ge islami usoolthakah vevey khiyaanaatheh.@dr_iyaz https://t.co/IILzA73epN
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 24, 2021
ޑރ.ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީން މީގެކުރިން ޤަބޫލުކުރަމުންދިޔަ ސިޔާސަތުތަކާއި، އުސޫލުތައް ކުއްލިއަކަށް ދޫކޮށް، ޖާހާ، މަޤާމާއި، ލައްޒަތަށްޓަކައި މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި އިންޑިއާގެ ޖީއެމްއާރު އެއާޕޯޓްގެ މަސައްކަތް ފެށިހިސާބުން އަދާލަތު ޕާޓީގެ ވެރިން ކުރެއްވި މަސައްކަތާއި، ޖީއެމްއާރު ބޭރުކުރުމަށް ކުރެއްވި މަސައްކަތަކީ ކޮން ނިޔަތެއްގައި ކުރެއްވި މަސައްކަތެއްތޯ މިއަދު ސުވާލު އުފެދޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ވާހަކަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ އިންޑިއާގެ ޖީއެމްއާރާއިއެކު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުމާއި ދެކޮޅަށް ނިކުތީ އޭގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއާޕޯޓްގެ ތަރައްޤީއަށްވެސް ބޮޑެތި ހުރައްތަކެއް ކުރިމަތިވުމުންކަމަށެވެ.
ޖީއެމްއާރު އެއްބަސްވުމުގައި، ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ގޮތުން އެތައް ގެއްލުންތަކެއް ހިމެނި، އެއާޕޯޓްގެ 2 ވަނަ ރަންވޭ އަކަށް ހުރަސް އެޅޭ ކަންތައްތަކެއް ހުރި. ޑރ.އިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއާއި އެޕާޓީގެ އިސްބޭފުޅުންކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ވެރިކަމުގައި ވެލާނާ އިންޓަރޭޝަނަލް އެއާޕޯޓްގެ ހިންގުން ޖީއެމްއާރަށް ދިނުމުން އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި އެއް ޕާޓީއެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނާއި، އެޕާޓީގެ އިސްބޭފުޅުން ވަނީ އޭރުގެ މުޒާހަރާތަކުގައި އެތައް ގަނޑިއިރެއް ވަންދެން އަޑުގަދަކޮށް، ޖީއެމްއާރު ބޭލުމަށް ގޮވާލާފައެވެ.
ޖީއެމްއާރު ބޭލުމަށް އެވަރަށް މަސައްކަތް ކުރި ޕާޓީއަކުން މިއަދު ރާއްޖޭގައި އެތައްބައިވަރު އިންޑިއާގެ ސިފައިން ތިބެގެން އެކަމާއި ކަންބޮޑުނުވާތީ އެދުވަހު އެދަލާތު ޕާޓީން ކުރި މަަސައްކަތާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ