މޮރާޓާގެ ދެލަނޑާއެކު ޔުވެންޓަސް މޮޅުވެއްޖެ

މޮރާޓާގެ ދެލަނޑާއެކު ޔުވެންޓަސް މޮޅުވެއްޖެ

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ރޭ ހަންގޭރީގެ ފްރެންސްވަރޯސްއާ އިޓަލީގެ ޔުވެންޓަސް ވާދަކުރި މެޗު 4-1 އެލަނޑުން ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

މެޗުގައި ޔުވެންޓަސްއަށް ކުޅުނު 100 ވަނަ މެޗުގައި މޮރާޓާ ވަނީ މެޗުގައި ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ދެލަނޑު މޮރާޓާ ކާމިޔާބުކުރި އިރު ދެން އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. ޔުވެންޓަސްއިން ޖެހި ހަތަރުވަނަލަނޑަކީ ފްރެންސްވަރޯސްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. ރޭގެ މެޗުގައި ކޯވިޑް19 އިން ރަނގަޅުވެ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅެފައިވެއެވެ.

މެޗުގައި ފްރެންސްވަރޯސް އިން ލަނޑުޖެހީ އެންމެ ފަހުމިނިޓުގައި ފެރްންކް ބޯލީއެވެ. މޮރާޓާ ރޭ ގައި ކާމިޔާބުކުރި ދެލަނޑާއެކު ހަތަރު ލަނޑު ކާމިޔާބުކޮށްގެން މިއަހަރު ގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަލަނޑު ޖެހި ތިން ކުޅުންތެރިންގެ ތެރޭގައި އެނާ ވަނީ ހިމެނިފައެވެ. ދެން މިލިސްޓުގައި ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑުގެ މާކޯސް ރަޝްފާޑް އާއި ލިވަޕޫލްގެ ޑިއޮގޯ ޔޮޓާއެވެ.

މިމޮޅާއެކު ޔުވެންޓަސް ގުރޫޕްގެ ދެވަނަ ލިބެނީ ތިން މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ފްރެންސްވަރޯސް ގުރޫޕް ފުލުގައި އޮތީ އެންމެ ޕޮއިންޓަކާ އެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *