ހިޔާގެ 21 މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާޠިލްކޮށްފި

ހިޔާގެ 21 މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2021 10:19
0

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިސް ޖެންޑަރ މިނިސްޓްރީން ބާޠިލްކޮށްފިއެވެ.

ހިޔާގައި ތިބި ކުދިން ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް ނޯޓިސް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. ބައެއް މުވައްޒިފުން މިހާރުވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިދިޔަ މަހުގެ 30ގައި ވަޒީފާއިން ވަކިކުރި 21 މުވައްޒަފުންނަކީ ސިވިލްސާވިސްއިން ނިންމި ނިންމުމެއްކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މުވައްޒަފުން ވަކިކުރި މައްސަލާގައި އެ މުވައްޒަފުން ވަނީ އެކަމުގެ ކަންބޮޑުވުން ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ. އެކަންބޮޑުވުންތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ މުވައްޒަފުން ވަކިކުރުމުގެ ނޯޓިސް ބާތިލްކުރަން ޖެންޑާ މިނިސްޓްރީއަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، އެ މުވައްޒަފުން ވަކިކުރުމުގެ މަރުހަލާ އިޖުރާއަތްތައް ޖެންޑާއިން އެންމެ ރަނގަޅަށް ފުރިހަމަކޮށްފައިނުވާކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރި 21 މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.