ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ކޮމިޓިގެ މުގައްރިރުކަމުން ވަކިކުރުމަށް ނެގި ވޯޓުން އޭނާ ދުރުނުކުރެވި ސަލާމަތްވެއްޖެއެވެ.
ޤަވާއިދު ކޮމިޓިގެމުގައްރިރުކަމުން އާމިރު ވަކިކުރުމަށް 5 މެންވަރު ސޮއިކޮށް މިރެއަށް އެޖެންޑާކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކޮމިޓިގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އާމިރު ކޮމިޓީގެ މުޤައްރިރުކަމުން ވަކިކުރުމަށް ވޯޓު ދެއްވީ އެންމެ 3 މެންބަރުންނެވެ. އާމިރު ދުރުކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ މެންބަރުންނާވެސް އެކު 4 މެންބަރުންނެވެ. މިކޮމިޓީގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްވެސް އިންނަވައެވެ.
މިރޭގެ 8 ޖެހި އިރު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ.
މަޖިލީހުގައި ހިމެނޭ ކޮމިޓީތަކުގެ ތެރެއިން އެމްޑީޕީގެ މެމްބަރު މުޤައްރިރުކަން ނުކުރާ ހަމައެކަނި ކޮމެޓީއަކީވެސް މި ކޮމިޓީއެވެ. އާމިރުއަކީ އެމްޑީއޭއަށް ނިސްބަތްވާ މެމްބަރެކެވެ. މަޖިލީހުގައި އެމްޑީއޭއަށް ނިސްބަތްވާ ދެ މެމްބަރަކު ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، އާމިރެވެ.
ކޮމެންޓު ފޮނުވާ