އަޅުގަނޑަކީ މިންތީގެ ހަމަހަމަކަމަށް އަބަދުވެސް ތާއީދުކުރާ މީހެއް، ކެބިނެޓްވެސް މިއޮތީ އެގޮތަށް: ޝާހިދު

އަޅުގަނޑަކީ މިންތީގެ ހަމަހަމަކަމަށް އަބަދުވެސް ތާއީދުކުރާ މީހެއް، ކެބިނެޓްވެސް މިއޮތީ އެގޮތަށް: ޝާހިދު

ގުޅުންހުރި

އެމަނިކުފާނަކީ އަބަދުވެސް މިންތީގެ ހަމަހަމަ ކަމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓުވެސް އެކުލަވާލާފައި ވަނީ ޖެންޑަރ ބެލެންސްކޮށް ކަމުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގެންނެވިތާ 100 ދުވަސް ފުރުމާ ދިމާކޮށް ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެ މަގާމަށް ވަޑައިގަތްއިރު ވައުދުވެވަޑައިގަތީވެސް ހަމައެކަނި ޖެންޑަރ ބެލެންސް ކުރެވޭ ޕެނަލް ތަކުގައި އެކަނި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި މިހާތަނަށް އައިއިރު އަންހެނުންނާއި، އަންހެން ކުދިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަން ލިބިވަޑައިގެންނެވި އެއްވެސް ފުރުޞަތެއް ދޫކޮށްލައްވާފައި ނުވާނެކަން ފާހަގަ ކުރެއްވިއެވެ.

"އެއީ ޤައުމުތަކުގެ ވެރިން ކަމުގައިވިޔަސް، ނުވަތަ އަންހެން ސައިންޓިސްޓުން ކަމުގައިވިޔަސް، ނުވަތަ މަދަނީ މުޖްތަމަޢުން ކަމުގައިވިޔަސް، ނުވަތަ މަދަރުސާގެ ކުދިން ކަމުގައިވިޔަސް. އަޅުގަނޑު ބޭނުން، އެބޭފުޅުންގެ ތަޖުރިބާތައް އަޑުއަހައި، އެތަޖުރިބާތައް ދަސްކުރަން. އަޅުގަނޑަކީ މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ މީހެއް. އަޅުގަނޑު ސީދާ އަންހެނުންނާއި އަންހެން ކުދިންގެ ކިބައިން އަހާލަން ބޭނުންވަނީ، އެކުދިންނަށް އެންމެ ފައިދާ ވާނީ ކޮންކަމެއްތޯ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކަންކަން ކުރާއިރު ޒުވާން ކުދިން ޝާމިލު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ޒުވާން ކުދިންނަށް ޚާއްސަކޮށްގެން އިއުލާން ކުރެވުނު އެމަނިކުފާނުގެ ފެލޯޝިޕް ފޮރ ހޯޕް، މީގެ ހަފްތާތަކެއް ކުރިން އިފްތިތާޙު ކުރެވުނީތީ އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މި ފެލޯޝިޕް ގެ ޒަރިއްޔާއިން، ޖަނަވަރީ މަހުން ފެށިގެން އަށް ޒުވާން ޑިޕްލޮމެޓުން އަޅުގަނޑުގެ އޮފީހާ ގުޅިވަޑައިގަންނަވާނެ. އެއީ އެންޓީގުއާ އެންޑް ބާބިއުޑާ، ބޫޓާން، ގްރެނާޑާ، ގިނީ، ލާއޯސް، ނައުރޫ، ޔޫގެންޑާ އަދި ޒިމްބާބްވޭ އިން. އެއީ ފަސް އަންހެނުންނާއި ތިން ފިރިހެނުން. އެބޭފުޅުން އަޅުގަނޑުގެ އޮފީހާ ގުޅިފައި، އަޅުގަނޑުގެ ޓީމުތަކާ އެކީގައި މަސައްކަތް ކުރައްވައިގެން، އަދި ޔުނިޓާރއިން އިންތިޒާމު ކުރައްވައިގެން ބާއްވަވާ ސެމިނަރތަކާއި ވަރކްޝޮޕްތައްވެސް ނަންގަވާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް19 އިން ދުނިޔެ އަރައިގަތުމަށް އދ. އިން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އުންމީދަކީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ހުރިހާ މީހުންނަށް ލަސްތަކެއްނުވެ ވެކްސިން ފޯރުކޮށް ދެއްވުން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ