ޕަޕެޓުން ވެރިކަމުގަތިބީމަ ހަދާކޮހުގެއަގު ފޫނުބެއްދޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކުން، އާރާއި ބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް ރާއްޖެ ވައްދައި އެކަމުގައި ރާއްޖެ ނުރައްކަލަށް ވެއްޓިގެންދާކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ. ސައީދު ވިދާޅުވީ ރާއްޖެފަދަ ޤައުމަކުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ހިންގާ ކަންމުގެ ތެރެއަށް ވަދެ އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލަން ފުރުސަތު ދިނުމަކީ ބަލައި ގަނެވޭނެކަމައް ނޫންކަމަށެވެ.
ސައީދު ވިދާޅުވީ ބޮޑެތި ޤައުމުތަކުން ކުރާ ފިނި ހަގުރާމައިގެ ތެރެއަށް ދިވެހި ޤައުމު ވެއްދުމަކީ އޮތް ނުރައްކަލެއް ކަމަށެވެ. ފަގީރަކަސް މުއްސަންޖަކަސް ތިމާމެންނާއި ނުބެހޭ ކަންމުގެ ތެރެއަށް ވަނުމަކީ އެކަމުގެ ގެއްލުން ބޮޑުތަނުން ކުރާނެ ކަމެއްކަމަށާއި، އެކަންކަމުގެ ތެރެއަށް ނުވަނުމަށް ސައީދު ވަނީ ގޮވާލާފައެވެ.
ބޮޑެތިޤައުމުތަކުގެ އަމިއްލަފައިދާއަށްކުރާ ފިނި ހަނގުރާމައި ގެތެރެއަށް ކަމާއިނުބެހޭމީހުން ވަންނާކަށްނުޖެހޭ. މިކަންއެދަނީ އެތައް ޤައުމަކުންދައްކަމުން! ފަޤީރަސް މުއްސަންޖަސް. ޕަޕެޓުން ވެރިކަމުގަތިބީމަ ހަދާކޮހުގެއަގު ފޫނުބެއްދޭނެ! އިންޑިއާސިފައިންބާލާ!
– ސައީދު ވިދާޅުވިއެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.
ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިން ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓުގެ ހަރަކާތަށް ތާއީދުކޮށް، ޕީޕީއެމްއަށް ތާއީދު ނުކުރާ އެތައް ބަޔަކުވެސް ވަނީ، މިހަރަކާތާއި ގުޅި، އަދި މިހަރަކާތައްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ