ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް

Author
ޔޫސުފް
13 ޑިސެމްބަރ 2021 05:23
0

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ރޮނާލްޑޯ ކުޅެމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑާއި މެސީ ކުޅެމުން އަންނަ ޕީއެސްޖީވާދަކުރަން ޖެހިއްޖެއެެވެ.

އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ދެ ސީޒަނުގައިވެސް ޔުނައިޓެޑާއި ޕީއެސްޖީ ވަނީ ވާދަކޮށްފައެވެ. ނަމަވެސް މިފަހަރު މި ދެ ޓީމުގެ ކުރިމަތިލުންޚާއްސަވެގެންދަނީ މެސީ އާއި ރޮނާލްޑޯ މި ދެ ޓީމުގައި ހިމެނޭތީއެވެ. ގިނަ ބަޔަކު ދެކެނީ މިއީ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުއަތުލުން މިއަދު ހަވީރު ކުރިޔަށް ގެންގޮސްފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވާދަކުރަން ޖެހުނީ، ފްރާންސްލީގުގެ ޗެމްޕިއަން ލިލްއާއެވެ.

ގަދަ 16 ގައި ދެން ކުޅެން ޖެހޭ އެހެން މެޗުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ ބެންފިކާ އާއެެވެ. މެންޗެސްޓަރ ސިޓީ ނުކުންނާނީ ވިޔަރެއާލް އާއި ދެކޮޅަށެވެ. އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވާދަކުރަން ޖެހުނީ އެތުލެޓިކޯ މެޑްރިޑާއެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މުޅިން އަލަށް ފުރުސަތު ހޯދި ސަލްޒްބާގުން ކުޅޭނީ ލިވަޕޫލްއާއެވެ. އަދި އިންޓަރ މިލާން ބައްދަލުކުރަން ޖެހުނީއަޔެކްސްއާއެވެ. ޔުވެންޓަސް ނުކުންނާނީ ސްޕޯޓިންގ ލިޒްބަންއާއި ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 15، 16 އާއި ފެބްރުއަރީ 22، 23 ވަނަ ދުވަހުއެވެ. ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ މާޗް 8،9 އާއި މާޗް 15، 16 ގައެވެ.

ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް ކުޅޭނީ އަންނަ އަހަރު މެއި މަހު ރަޝިއާގެ ޕީޓާސްބާގްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.