މީދޫ އިސްމެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

މީދޫ އިސްމެޖިސްޓްރޭޓްގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2021 10:30
0

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤުގެ ސުލޫކީ މައްސަލަ ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަމަށް ބުނާ 2 ސުލޫކީ މައްސަލައެއް ކޮމިޝަނުން ތަޙްޤީޤުކުރުމުގެ މަސައްކަތް ކުރިކަމަށެވެ.

ދ.މީދޫ ކޯޓުން ލިބިފައިވާ ލިޔުންތަކާއި އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤުގެ ސިއްޙީ ހާލަތު ބަޔާންކޮށް ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކޮށް މި ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނަކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.