ވެންޓިލޭޓަރު ތަކުގެ މައްސަލަ، އިޞްލާޙް ކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ އަނެއްކާވެސް އޭސީސީއަށް ފޮނުވާލައިފިއެވެ.
ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ މިއަދުއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އަނބުރާ ފޮނުވާލީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އަދި އިސްލާހު ތަކަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދަންނަވާފައިވާކަމަށެވެ.
ކޯވިޑްގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ބަޔަކާއިއެވެ. މި މައްސަލާގެ ތަޙުޤީޤު ނިންމާ އެސީސީން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑްކޮމެޓީގައި ހިމެނޭ ބައެއް މެމްބަރުންނާއި މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މައްޗަށެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ދައުލަތުން 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ނަމަވެސް އޭގެތެރެއިން ލިބިފައިވަނީ މަދު އެއްޗެކެވެ.
ކޮމެންޓު ފޮނުވާ