ޕްރިތީއަށް ޓްވިންސެއް! މިއޮތީ ފޮޓޯ!

ޕްރިތީއަށް ޓްވިންސެއް! މިއޮތީ ފޮޓޯ!

Author
ފާތިމަތު ނާވީ
10 ޑިސެމްބަރ 2021 07:54
0

ބަތަލާ ޕްރިތީ ޒިންތާ އޭނާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފިއެވެ.

މިދިއަ މަހުގައި ޕްރިތީ ވަނީ އޭނާއަށް އެއްމާބަނޑު ދެކުދިން ލިބުނު ކަން އިއުލާން ކޮށްފައެވެ.

ދެ ދަރިން ލިބުން ކަން އިއުލާން ކުރަމުން އޭނާ ބުނެފައިވަނީ އެ ދެމަފިރިންނަށް ޓްވިންސެއް ލިބިފައިވާކަމަށާއި އެއީ ޖެއި އަދި ޖިއާ ކަމަށެވެ.

ޕްރިތީ ވަނީ އިންސްތަގްރާމްގައި އޭނާގެ ސެލްފީއެއް ހިއްސާކޮށްފައެވެ. މި ސެލްފީގައި ދެކުދިންގެ ތެރެއިން އެއްކުއްޖަކު ޕްރިތީގެ ކޮނޑުގައި އޮތްތަން ފެންނައިރު އެކުއްޖާގެ މޫނެއް ނުފެނެއެވެ. މި ފޮޓޯއަށް ބޮލީވުޑްގެ ގިނަ ތަރިން ވަނީ ކޮމެންޓް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

ޕްރިތީއަށް އެއްމާބަނޑު ދެކުދިން ލިބިފައި މިވަނީ ސަރޯގެސީ މެދުވެރިކޮށެވެ. މިއީ ބޮލީވުޑް ތަރިންގެ މެދުގައި މިހާރު އާންމުކޮށް ފެންނަ ކަމެކެވެ.

ޕްރިތީއާއި ޖޭން ގުޑްއިނަފް ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. މިއީ މި ދެމަފިރިންގެ އަލަތު ދަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.