ކްރިސްމަސް ފާހަގަ ކުރުމަކީ އިސްލާމުންނަށް މަނާކަމެއްކަމަށާއި، ޑޮލަރުގެ ދަހިވެތި ކަމުގައި ޖީލެއް ހަލާކުކޮށް ނުލުމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ބައެއް ދިވެހިންވެސް އުޅޭތީ އެކަމާއި ނުހަނު ހިތާމަ ކުރައްވާ ކަމުގައި ޝާއިޚް ޒައިދު ވިދާޅުވިއެވެ. ކްރިސްމަސް ފާހަގަ ކުރުމަކީ އިސްލާމުންނަށް މަނާކަމެއް ކަމަށާއި، އެކަން ފާހަގަ ކުރުމަށް އެއްވެސް ބަޔަކު ހިތްވަރުދީ މަގު ފަހި ކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
ކްރިސްމަސް ފާހަގަ ކުރުމަކީ އިސްލާމުންނަށް މަނާކަމެއް! އަދި ބަޔަކަށް އެ ފާހަގަ ކޮށްދީ އެކަން ފެސިލިޓޭޓް ކޮށްދިނުމަކީ ވެސް ހުއްދަކަމެއް ނޫން!
– ޒައިދު ވިދާޅުވިއެވެ.
ގެސްޓުހައުސް ވިޔަފާރިއަކީ އޭގެ ޒާތުގައި ކުރުން ވަރަށްވެސް ރަނގަޅު ވިޔަފާރިއެއް ކަމަށާއި، ނަމަވެސް ދީނަށް ހުރަސް އަޅައި، ދީނާއި ޚިލާފް ކަންކަން ކުރުމަކީ އާންމު އިޖުތިމާއީ މިންގަނޑު ގެއްލި އޭގެ ސަބަބުން ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ. ތިމާގެ އަމިއްލަ މުއްސަދިކަމަށްޓަކައި ލިބޭ ޑޮލަރުކޮޅަކަށް ޖީލެއް ހަލާކުވެގެންދާ ފަދަ ކަމެއް ކުރުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫންކަމަށް ޒައިދު ވިދާޅުވިއެވެ.
ގެސްޓްހައުސް ވިޔަފާރިއަކީ އޭގެ ޒާތުގައި ހަމަ ވަރަށްވެސް ރަނގަޅު ވިޔަފާރިއެއް! ނަމަވެސް އެކަން ކުރަން އޮންނަ ރީތި މިންގަނޑުން ބޭރުވެ، ހިތުހުރި ގޮތަކަށް މިވިޔަފާރި ކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ރަށަށާ، އަޅުގަނޑުމެންގެ ޅަދަރިންނަށް ކުރާނެކަމެއް! ޑޮލަރަށް އަށްޓަކައި ޖީލެއް ހަލާކުކޮށްނުލާ!
– ޒައިދު ވިދާޅުވިއެވެ.
ފޮަޓޯއިން އެފެންނަނީ އުކުޅަހު ގެސްޓްހައުސް އެއް! މިއީ މުޅިން މަނާކަމެއް! ކްރިސްމަސް ވެގެން ރާއްޖޭގައި ކުރުން މަނާ ކަންކަން ބައެއް ގެސްޓްހައުސްތަކުން ކުރަމުން ގެންދާކަން ފާހަގަ ކުރަން. ނަޞާރާ ދީނުގެ ޢަޤީދާގެ ކަންކަމުގައި އިސްލާމުންބައިވެރިވުން ހުއްދަވާނީ ކިހިނަކުން ތޯ؟! pic.twitter.com/ZUt3hmDqnJ
— Ali Zaid (@alizaid1000) December 6, 2021
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މުދުވަސްވަރު ރާއްޖެއަށް އަންނައިރު، މިކަމުގައި ބައެއް ދިވެހިވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންވެ. އަދި މިދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރަމުންނެވެ. މިކަމާއި ގުޅިގެން ޝައިޚު ވިދާޅުވީ ކްރިސްމަސް އަކީ ނަޞޯރާދީނުން އެބައިމީހުންގެ ކަލާންގެ ކަމަށްދެކޭ އީސާ އަލައިހިސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަޤީދާއާއިގުޅޭ މުޤައްދަސް ފެސްޓިވަލެއް ކަމަށެވެ. މި ކަމުގައި އެއްވެސް މުސްލަމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރުވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ