ރާއްޖޭގައި މިފަހުން މާތްވެގެންވާ އިސްލާމްދީނަށް އޮޅިގެންކަމަށްބުނެ އިހާނެތި ވާގޮތަށް ކުރެވޭ ކަންތައްތައް ގިނަވަމުންދާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލައެއް ފެންމަތިވެ އެމައްސަލަ މިހާރު ބަލަމުންދާއިރު، މިކަމަކީ އޮޅިގެން ކުރެވުނު ކަމެއްކަމަށް އެކޮލެޖުންވަނީ ބުނެފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ދީނާއި ޚިލާފަށް ކުރެވޭ ކަންތައްތަކާއި، ދީނަށް އިހާނެތި ގޮތަކަށް ކުރެވޭ ކަންތައްތައް ތަކުރާރުވަމުންދާތީ ގިނަ ބައެއްގެ ކަންބޮޑވުން ދަނީ ފާޅު ކުރަމުންނެވެ.
ރާއްޖޭގައި ދީނަށް އިހާނެތިކޮށް ކުރެވޭ ކަންކަމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ އޮޅިގެން ކަމަށްބުނެ މިހާރަކަށް އައިސް ދީނަށް އިހާނެތިކޮށް ކުރެވޭ ކަންކަން އިތުރުވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. މާތްވެގެންގާ އިސްލާމް ދީނަށް އިޚްތިރާމްކޮށް ދީން ހިމާޔަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމަކަށްވާއިރު، އިސްލާމީނަށް އިހާނެތިގޮތަކަށް ކުރެވޭ ކަންކަން ހުއްޓުވެން ޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.
އެބުނާހެން އޮޅިގެން ދީނަށް އިހާނެތިވާ ކަންތައްތައް ހާދަ ގިނަވެއްޖެޔޭ! ހަމަ ހައްތާވެސް އޮޅިގެން ކަމަށްވަނީ! މީ އަޖާއިބެއް! އަޅުގަނޑުމެން އަޅުގަނޑުމެންގެ ދީނަށް ކުރާ އިޙްތިރާމް ކުޑަކޮށްލައިގެން މޮޅުވާނެ ކަމަށް އުޅޭނަމަ، އެއީ ހާދަ މޮޔަ ވިސްނުމެކެވެ! ދީން ޙިމާޔަތްކުރުން ވާޖިބު!
– ޒައިދު ވިދާޅުވިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިމަހުގެ ތިންވަނަ ދުވަހު ކްލިކް ކޮލެޖްގެ ކުޅިވަރު ހަރަކާތްތަކެއްގައި ކްރިސްޓިއަން ދީނުގެ ލަވަ ޖަހާފައިވާތީ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ކްލިކް ކޮލެޖުން ބުނީ އެފަދަ ލަވައެއް ޖެހުނީ އޮޅުމަކުން ކަމަށާ އެކަން ސަމާލުކަމަށް އައުމާއެކު ލަވަ ހުއްޓާލި ކަމަށެވެ. ކްލިކް ކޮލެޖުން ވަނީ މާފަށް ވެސް އެދިފަ އެވެ.
ކޮމެންޓު ފޮނުވާ