އަސްލަމް ހޫނު ފެނަށް، ވިދާޅުވަނީ ޤާނޫނާއި ޚިލާފަށް ޕްރޮޖެކްޓްތައް ހިންގަވާފައި ނުވާނެކަމަށް

އަސްލަމް ހޫނު ފެނަށް، ވިދާޅުވަނީ ޤާނޫނާއި ޚިލާފަށް ޕްރޮޖެކްޓްތައް ހިންގަވާފައި ނުވާނެކަމަށް

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 09:53
0

ކޯވިޑް-19 ގެ ހާލަތުގައި ސަރުކާރުން އެކި ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތައް މަޑު ޖައްސާލާފައި ވަނިކޮށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެކި ދާއިރާތަކުގައި ޕްރޮޖެކްޓްތައް ހިންގަމުންދަނީ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ޕްރޮޖެކްޓުތަކުގައި ސޮއި ކުރުން މަޑު ޖައްސާލާފައިވާ ވަގުތެއްގައި 37،871،786.00 ދިވެހި ރުފިޔާ ޚަރަދު ކުރާ ގޮތަށް އިސްކަމެއްދީގެން ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއިކުރަންޖެހުނު ސަބަބަކީ ކޮބައިތޯ އާއި އަދި  ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓުތަކުގައި ސޮއިކުރުމުގައި ޢަމަލުކުރަމުން އަންނަ ގޮތާއި އެކަންކުރާ އުސޫލަކީ ކޮބައިތޯ ސާފުކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ސުވާލުގައި ވަޒީރު ވިދާޅުވީ އެމަސައްކަތް ކުރަނީ ބެޖެޓްގެ ކޯޑުގެ ތެރެއިންކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބަޖެޓްގައި ނުހިމެނޭ ކަމެއްގައި ޚަރަދު ކުރާނީ ޚާއްސަ ހާލަތެއްގައި އެމެޖެންސީއެއްގެ ގޮތުގައިކަމަށެވެ. މިނިސްޓަރގެ މިވާހަތަކާއި ގުޅިގެން ގިނަ މެމްބަރުން ޚާއްސަކޮށް އަސަލަމް ނިސްބަތްވާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ވަރަށްބޮޑު ނުރުހުންތަކެއް އަމާޒުގެ އަސްލަމަށް ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިކޮށްފައެވެ.

ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ސުވާލުގައި ވަނީ އޭނާގެ ދާއިރާއަށް މިސަރުކާރުން ކަމެއް ނުވާތީ ދާއިރާގެ ސުވާލެއް ކުރައްވަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބެޖެޓްގައި ނުހިމެނި ހުންނަ މަސައްކަތްތަކުގެ ތެރެއިން އެމެޖެންސީގައި ކުރާ މަސައްކަތަކަކީ ކޮބައިތޯ އަފީފްވަނީ ސުވާލު ކުރައްވާފައެވެ. އަދި ޤާނޫނު އަސާސީއާއި، ބެޖެޓުގައި ޖަހާފައިވާ ކަންކަމުގެ ބޭރުން ކުރާ ޚަރަދުތަކުގައި ޚަރަދުކުރަނީ ކޮން އުސޫލަކުންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ރަށް ގިރުން އިންތިހާއަށް އޮތް އިރު، އެކަންކަން މުހިންމު ނުވެ މަގު ހެދުން މުހިންމު ވަނީ ކޮން ސަބަބަކާއި ހެދިތޯ އަފީފް ވަނީ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓުގެ ބޭރުން ޚަރަދު ކުރުމުގައާއި، ޤާނޫނުގައި ބުނެފައިވާ ކަމަކާއި ޚިލާފް ވެފައި ނުވާނެކަމަށެވެ. ނަމަވެސް ދައުލަތުގެ އެހެން އިދާރާއަކުން އެކަން އެގޮތަށް ކުރާނަމަ އެއީ އެމަނިކުފާނާއި ބެހޭ ކަމެއް ނޫންކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ހަމަ ޔަގީންނުންވެސް އެގޭ އަޅުގަނޑަށް ޤާނޫނު އަސާސީއާއި ޚިލާފް ނުވާކަން. ދެން ދައުލަތުގެ އެހެން މުއައްސަސާއަކުން އެކަން ކުރަންޏާ އެމުއައްސަސާއަކަށް އެކަން ސާފުވެ ވަޑައިގަންނަވާނެ.

– އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ގިނަ މެމްބަރުންވަނީ ދާއިރާގައި މަޝްރޫޢުތައް ނުހިންގާތީއާއި، ބަޖެޓްގައި ޖަހާފައިވާ މަޝްރޫޢުތައް ނުދާތީ ވަޒީރާއި ވަރަށްގިނަ ސުވާލު ކުރައްވާފައެވެ. އަދި ވަކި މެމްމަބަރުންނަށް ހެޔޮކޮށް ހިތައި އަނެއްބައި މެމްބަރުންނަށް ދެރަކޮށް ހިތާކަމަށްބުނެ ސުވާލެއް މަޖިލިސް ރައީސްވެސް ވަނީ ވަޒީރާއި ސުވާލެއް ކުރައްވާފައެވެ. މި ސުވާލަށް ވަޒީރު ވިދާޅުވީ އެއްވެސް މެމްބަރެއްގެ މެދުގައި ތަފާތުކޮށްފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.