ފުރަތަމަ ޖަލްސާގައިވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ޔާމީންގެ ވަރުގަދަ އިންޒާރުތަކެއް!

ފުރަތަމަ ޖަލްސާގައިވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ޔާމީންގެ ވަރުގަދަ އިންޒާރުތަކެއް!

Author
ހުސެއިން
04 ޑިސެމްބަރ 2021 08:06
0

އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިން ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓުގެ ހަރަކާތަށް ތާއީދުކޮށް، ޕީޕީއެމްއަށް ތާއީދު ނުކުރާ އެތައް ބަޔަކުވެސް ވަނީ، މިހަރަކާތާއި ގުޅި، އަދި މިހަރަކާތައްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކޮށްފައެވެ.

ހަމައެއާއެކު، ފާއިތުވެދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުން ރައީސް ޔާމިން މިނިވަންވެ، ޕީޕީއެމްއިން އެންމެ ފުރަތަމަ ބޭއްވި ޖަލްސާގަވެސް މައިގަޑު އެއް އަމާޒަކަށް ވެގެން ދިޔައީ ރާއްޖޭގަ ތިބި އިންޑިއާ ސިފައިންނެވެ. އަދި މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ކޮށްފައިވާ އެއްބަސްވުންތަކުގެ ޒަރީއާއި އެކި ބޭނުންތަކަށް ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ގައުމު ދޫކޮށް ދިއުމަށް ގޮވާލި ގޮވާލުންތަކެވެ.

ރައީސް ޔާމިން މިނިވަން ވުމަށްފަހު ބޭއްވުނު ފުތަމަ ޖަލްސާއަށް ޕީޕީއެމްގެ ގިނަ ސަޕޯޓަރުންވަނީ ހާޒިރުވެފަ

 

ރައީސް ޔާމިންގެ އިންޒާރުތައް!

5 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި، ދެ އަހަރު ދުވަސް ޖަލުގައި ހޭއްދަ ކުރެއްވުމަށްފަހު، ރައީސް ޔާމިން ބައިބެރިވެ ވަޑައިގެންނެވި ފުރަތަމަ ޖަލްސާގައި ޚުދު އެމަނިކުފާނުވެސް މިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް އަމާޒުކޮށް، އިންޑިއާ ސަރުކާރަށް ބޮޑެތި އިންޒާރުތަކެއް ދެއްވާފައެވެ.

ޕީޕީއެމްއަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިންވަނީ، އިންޑިއާ ސިފައިން ރާއްޖެއިން "ޖެހޭނީ ފައިބައިގެން ދާން" ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން. އަޅުގަނޑު މިރޭ ރަސްމީކޮށް މި ދަންނަވަނީ، މިކަމަކީ އަޅުގަނޑު ދަންނަވައިގެން ޕީޕީއެމްއިން އިސްނަގައިގެން ކުރާ ކަމެކޭ. މިއީ އިންޑިޔާގެ ޓައުނެއްނޫން. ރައީސަކީ އިންޑިޔާގެ ގަވަރުނަރެއްނޫން.

– ރައީސް ޔާމިން ވިދާޅުވިއެވެ.

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއިއެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައި، ހެލިކޮޕްޓަރު ދުއްވަން ތާއަބަދު މިތާ ބައިތިއްބަން އެއްބަސްވެފައި ނުވާނެކަމަށެވެ. މިއެއްބަސްވުންތަކުގެ ހަގީގަތް މިއަދު އޮޅުވާލައި އެކަން، ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަން އުޅުނަސް އެކަން ނުވާނެކަމަށާއި، އެއީ ދެފަރާތުން ވެފައިވާ ވަރަށް ސާފު ހަގީގަތް ހާމަވާ އެއްބަސްވުމެއް ކަމަށެވެ.

މިއަދު ދިވެހި އަސްކަރިއްޔާއިން ޤައުމަށް ކުރަންޖެހޭ ހަމައެކަނި ޚިދުމަކީ ސަރުކާރު ދިފާއުކުރުން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސިފައިންގެ މަސްއޫލިއްޔަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުން ކަމަށާއި، އެކަން ނުކުރެވޭނެނަމަ ސިފައިން ކޮށްގެން ތިއްބެވި ހުވައިގެ ބޭނުމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ

މިއަދު އަޅުގަޑު ޝަމާލްއަށް ދަންނަވާލަން، އަޅުގަޑުމެން އެންމެން މި ދަންނަވަނީ، އަޅުގަޑުމެން މިތަނުން ބޭނުމޭ އިންޑިއާ ސިފައިން ފައިބަން، އެތިބީ އެގްރިމަންޓެއްކޮށް ގާނޫނާ ޚިލާފަށް އެތިބީ

ރައީސް ޔާމިން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމިން ވިދާޅުވީ، ކުރެވިފައިވާ ހުރިހާ އެގްރީމަންޓްތަކާއި، ދިވެހި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫ ބާރު ހިގާނެކަމަށް މަޖިލިސް މެމްބަރުން ވިދާޅުވާކަމަށާއި، އެހެންނަ،މަވެސް މިކަން މިގޮތަށް ހިގާނަމަ، މަގެއް ބަންދު ކުރަން މުއިއްޒަކަށް ނާންގާނެ ކަމަށާއި، އެކަން އެހެން ވާނަމަ، އިންޑިއާ ސިފައިންނާ ބެހޭގޮތުން ނޫސްތަކުގައި ލިޔާ ޖަނަލިސްޓުން ބަންދުކުރަން ނާންގާނެ ކަމަސްވެސް މިޖަލްސާގައި ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

އަޅުގަޑުގެ އަޚެއް ޝަމާލްއަކީ، އަޅުގަޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެހެންވީމަ  އަޅުގަދު ކޮއްކޮއަށް  ދޭ ނަސޭހަތް މިދެނީ. އެހެންނަމަވެސް މި ސަރުކާރު ދިފާއުކުރަން މަސައްކަތް ކުރާތީ އަޅުގަޑު މިދަންނަވަނީ، އެންމެ ފުރަތަމަ ތީ ދިވެހި ރައްޔިތެއް، އެންމެ ފުރަތަމަ ތީ ދިވެހި ރައްޔިތެއް. ދިވެހި މަންމައެއް، ދިވެހި ބައްޕައެއްގެ ދިވެހި ލޭ ހިގާ، އާދެ، ދިވެހި ކަންނެލި ހިގާ ދިވެހި ދަރިއެއް ތީ.

ރައިސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި، އެމަނިކްފާނަށް ކަމު ނުދިޔަ ކަމަކީ، ރައީސް ޔާމިން ސީރިއަސްކޮށް އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލަން އުޅުނު ނަމަ އިންޑިއާ ހެލިކޮޕްޓަރތައް މިތާކު ނުހުންނާނޭ ވިދާޅުވީމަ ކަމަށެވެ. އަދި ވިދާޅުވީ އެހެންނަމަވެސް، އެކަމަށްޓަކާ ކުރެވުނު މައްސައްކަތް ޑިފެންސް މިނިސްޓްރީގަ ފެންނަން ހުންނާނެ ކަމުގައެވެ. އަދި އެމަސައްކަތް ޚާރިޖިއްޔާގަވެސް ފެންނަން ހުންނާނެ ކަމަށެވެ.

 

"ޕީޕީއެމް ޕީއެންސީގެ ފަރާތުން މިކަމަށް އިސްނެގީ ރައީސް ޔާމިން"

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެގެ ތިބޭ ތިބުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ގިނަ ވާހަކަތަކެއް ރައީސް ޔާމިން ދެއްކެވި މި ޖަލްސާގައި، އިންޑިއާ އައުޓް ހަރަކާތް ފެށުނު ގޮތުގެ ހަގީގަތްތައްވެސް ރައީސް ޔާމިންވަނީ އޮޅުން ފިލުވާ ދެއްވާފައެވެ.

ރައީސް ޔާމިން ޔާވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރާތަކަކީ ވަކި ފެންވަރެއްގެ ބަޔަކު ހިންގާ ހަރަކާތެއްކަމަށް ތުހުމަތު ކުރެވާ ކަމަށާއި، އެހެންނަމަވެސް ކަމުގެ ހަގީގަތަކީ އެއީ ނޫންކަމަށް ވިދާޅުވިއެވެ.

އަޅުގަޑުމެންގެ އަމަން ބަލަހައްޓާކަށް މިތާ އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މިސަރުކާތުގެ ޚިޔާނާތްތެރި ރޭވުން. އަނެއްކާވެސް އަޅުގަޑު  ޖަލަށް ގެންދަވާ. އެހެންނަމަވެސް މިއަދު ރަސްމީކޮށް އަޅުގަޑު މި ބުނަނީ، ޕީޕީއެމް ޕީއެންސީގެ ފަރާތުން މިކަމަށް އިސްނެގީ ރައީސް ޔާމިން، އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާ އަސްކަރިއްޔާއަކަށް ރާއްޖެއަކު ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަޑު މި ދަންނަނަވަނީ، ކުރީގަ ރައީސްކަން ކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ، ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މިދަންނަވަނީ، އެތައް ހާސް ރައްޔިތުންނެއް ތަމްސީލުކުރާ ލީޑަރެއްގެ ހައްސިއްޔަތުން މި ދަންނަވަނީ، އަޅުގަޑުމެނެއް ބޭނުމެއް ނުވޭ އިންޑިއާ މިލިޓަރީގެ އެންމެ މީހަކުވެސް އެންމެ ބޫޓު ޖޯޑެއްވެސް އަޅުގަޑުމެންގެ ފަސްގަޑުގައި ހުންނާކަށް ބޭނުމެއް ނުވޭ.

ޕީޕީއެމް ލީޑަރޝިޕް ރޭގެ ޖަލްސާގައި

މިޖަލްސާގައި ރައީސް ޔާމިންވަނީ ދިފާއީ ބާރުގެ ޖެނެރަލުންނަށްވެސް ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފް ނުވުމަށް ގޮވާ ލައްވާ ކަމަށާއި، މާދަމާ ހަމަ އެބޭފުޅުން ހުދުގަމީހުގެ ފިޔާތޮށި ޓައި އަޅުއްވައިގެން ސިޔާސީ ޖަލްސާއެއްގެ ކުރީ ސަފުގައި ތިއްބަވަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ އެބޭފުޅުން ހިމާޔަތް ކޮށްދޭން ޖެހޭނީ ދިވެހި ގައުމާއި ދިވެހިންގެ ދީންކަމުގައެވެ. އެބޭފުޅުން ސަރުކާރު ދިފާއުކުރަން ނުޖެހޭނެ ކަމަށްވެސް ރައިސް ޔާމިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.