ކޮލިޓީގެ މައްސަލަތަކެއް ހުރުމުން އައިވީއެއް އެތެރެކޮށް ބޭނުންކުރުން މަނާކޮށްފި

ކޮލިޓީގެ މައްސަލަތަކެއް ހުރުމުން އައިވީއެއް އެތެރެކޮށް ބޭނުންކުރުން މަނާކޮށްފި

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2021 07:02
0

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އައިވީ ފްލުއިޑް ޕްރޮޑަކްޓެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ އުފެއްދުން ވިއްކައި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ "އާރުއެލް" ބްރޭންޑުގެ އައިވީ ފްލުއިޑް ޕްރޮޑަކްޓެއްގައި ހުރި ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން އެ ޕްރޮޑަކްޓް ވިއްކައި އަދި ބޭނުންކުރުން މަނާކޮށްފައިވާކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ކޮލިޓީގެ  މައްސަލަތައް ފާހަގަވި އައިވީ ޕްރޮޑަކްޓަކީ އެ އޮތޯރިޓީން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ އުފެއްދުމެއް ނޫންކަމަށެވެ.  އެމްއެފްޑީއޭއިން ވަނީ އެ އުފެއްދުމުގެ ފޮޓޯވެސް ޢާންމުމޮށްފައެވެ. މިގޮތުން އެ ފޮޓޯއިން ދައްކާ ގޮތުގައި އެމްއެފްޑީއޭއިން މަނާކޮށްފައިވަނީ "އާރުއެލް" ބްރޭންޑުގެ ނަމުގައި އުފައްދާފައިވާ އައިވީއެކެވެ.

"އާރުއެލް" ބްރޭންޑުގެ ޕްރޮޑަކްޓް އުފައްދަނީ އިންޑިއާގެ ފްރެސެނިއަސް ކަބީ އިންޑިއާ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އަދި ހުއްދަ ދީފައިވާ ކުންފުންޏަކީ ޖަރުމަންވިލާތުގެ ފްރެސެނިއަސް ކަބީ ކުންފުނީގެ ސަބްސިޑިއަރީއެކެވެ.

އެމްއެފްޑީއިން ވަނީ އެ ޕްރޮޑަކްޓް އެއްވެސް ފާމަސީއެއްގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައެވެ.

އެމްއެފްޑީއޭއިން އައިވީގެ އުފެއްދުމެއް މަނާކޮށްފައިވާއިރު، ދަދިފަހުން ވަނީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އުފެއްދުމެއްވެސް މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.