ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯން ކައިވެންނަށް ފަހު އެކުގައި ފެނިގެން ދާ ފުރަތަމަ ފިލްމް "83″ ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމަކީ ރިލީޒް ނުކުރެވި ދިގު ދެމިގެން ދިއަ ގިނަ ފިލްމް ތަކުގެ ލިސްޓްގައި އޮތް ފިލްމެކެވެ. ކޯވިޑަށް ފަހު އިންޑިއާގެ ސިނަމާތައް ހުޅުވާލުމާއެކު ގިނަ ފިލްމް ތަކެއް ރިލީޒް ކުރުމަށް އަންނީ ތާވަލު ކުރަމުންނެވެ.
ކަބީރް ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމްއަކީ 1983 ވަނަ އަހަރު އިންޑިއާގެ ކްރިކެޓް ޓީމަށް ވޯލްޑް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި އަދި ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ އިތުރު ރޯލު ތަކުން ސާޤިބް ސަލީމް އާއި ޕަންކަޖް ތުރިޕާޓީ އަދި ތާހިރް ރާޖް ބަސީން ފަދަ އެތައް ތަރިންނެއް ފެނިގެން ދާނެއެވެ.
ފިލްމުގެ ޓްރެއިލާ ދައްކާލިތާ 24 ގަޑީރުތެރޭ 50 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. މިކަމުންވެސް އެނގިގެންދަނީ ސަޕޯޓަރުން މި ފިލްމަށްޓަކައި ކުރަމުންއަންނަ އިންތިޒާރެވެ.
ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ގައެވެ.
ކޮމެންޓު ފޮނުވާ