ދިޔާނާ، ސަރުކާރަށް: ކޯޓަށް އަތް ބާނަން އުޅެވޭނީ ތިހާވަރަށް

ދިޔާނާ، ސަރުކާރަށް: ކޯޓަށް އަތް ބާނަން އުޅެވޭނީ ތިހާވަރަށް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 08:19
0

ކުރީގެ ރައީސް ޔާމީނަށް ދަށު ކޯޓުތަކުން އިއްވި ހުކުމް ގޯސްކަމަށް އެންމެ މަތީ ކޯޓުން ނިންމުމުންވެސް، ފުލުހުން މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ކޯޓުތަކަށް އަތްބާނަން ސަރުކާރުން ކުރާ މަސައްކަތް ހާމަވާ ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.

މިމައްސަލަ ނިންމިތާ މަދު ވަގުތުތަކެއްގެ ތެރޭގައި ފުލުހުން ވަނީ ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދިފައެވެ. އަދި ކޯޓުން ރައީސް ޔާމީްނ ފުރުން މަނާކޮށް 7 ދުވަހުގެ އަމުރެއް ނެރެދީފައެވެ. މިކަމާއި ގުޅިގެން ދިޔާނާ ވިދާޅުވީ ޤައުމުގެ އެންމެ މަތީ ކޯޓުން މީހަކު ކުށް ނުކުރާކަމަށް ކަނޑައެޅުމުންވެސް އެނިންމުން އެހުކުމުގެ ނަތީޖާ އޯވާރީޗް ކުރުމަށް ފުލުހުން މެދުވެރިކޮށް އިތުރު ސަކަރާތް ޖެހުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ.

އެކި ވެރީން ކޯޓުތަކުގެ ފުރާޅު ނަގަނީ އެކި ގޮތަށް. ޤައުމުގެ އެންމެ މަތީ ކޯޓުން މީހާ ކުށް ނުކުރާކަމަށް ކަނޑައެޅުއްވުމާއި ދެން އެ ހުކުމުގެ ނަތީޖާ އޯވާރީޗް ކުރަން ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސަކަރާތް ޖަހަން މި އުޅޭއުޅުމަކީ ވަރަށްވެސް ދެރަވަރު ކަމެއް. ކޯޓަށް އަތް ބާނަން އުޅެވޭނީ ތިޔަވަރަށް.

– ދިޔާނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި 22 ނުކުތާއެއް ފާހަގަކުރިނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަން ހައިކޯޓުން ނިންމެވީ ޤާނޫނާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާއިން ސަލާމަތްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާއާ ގުޅިގެން އެމަނިކުފާނާ އެއްކޮޅަށް ރައުޔު އިއްވުމުންނެވެ.

ސުޕްރީމް ކޯޓުންވަނީ މިމައްސަލައިގަ ހެކިބަސް ހޯދާފައިވާ އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭ އެހެން ހެކިތަކަކީ ކޮބައިކަމެއް ފާހަގަކޮށްފައި ނެތމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވަނީ ޤާނޫނީ އުސޫލުގެ ތެރެއިން ނޫންކަން ފާހަގަކޮށްފައެވެ. އަދި, އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަކީ ރައްކާތެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޙުކުމްގައިވެއެވެ.

ޖަލު ޙުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅިގެން އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ އުފާފާޅުކުރަމުންނެވެ. އަދި މިއީ ހައްޤަށް ނަސްރު ލިބުން ކަމަށާއި، ސްޕްރީމް ކޯޓުން މިއަދު ރާއްޖޭގެ ޝަރުއީ ދާއިރާގައި ގެއްލެމުންދިޔަ އިތުބާރު ދަމަހައްޓާފައިވާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

D Dhuni
Dhiyana thihaa galhi vaane kamah ehgothakahves hithakah naaraa. Yameen ge massalathah court ga higamundhey fuluhun thahugeegu kuramundhey SC ge hukumakaa furun manaa ge amuraa gulhumeh neiy