ދައުވާތައް ކުރަނީ އަސާސެއް އޮވެގެނެއް ނޫން، ޔާމީނަށް ވުމުން: ޖަމީލް

ދައުވާތައް ކުރަނީ އަސާސެއް އޮވެގެނެއް ނޫން، ޔާމީނަށް ވުމުން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 04:43
0

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ހުރިހާ ދައުވާ ތަކަކީވެސް އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރާ ދައުވާތަކެއް ނޫންކަމަށާއި، ދައުވާ ކުރަނީ ރައީސް ޔާމީނަށް ވުމުންކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޖަމީލް ވިދާޅުވީ މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ސާފުވެގެން ދިޔައީ، ޤާނޫނާއި އުސޫލުތަކާއި ހަމަތަކުން ރައީސް ޔާމީން އެއްފަރާތް ކުރި މިންވަރުކަމަށެވެ. އަދި ދަށު ކޯޓުތަކުން ރައީސް ޔާމީންގެ މައްސަލަ ބެލުމުގައި އިޖުރާއަތުތަކާއި ޚިލާފްވެފައިވާ މިންވަރު ހާމަވިކަމަށެވެ.

އެގޮތުން ޑރ.ޖަމީލް ވިދާޅުވީ މިމައްސަލައިގެ ތެރޭގައި ފުލުހުން ޤާނޫނާއި ޚިލާފް ތަހުގީގެއް ކޮށްފައިވާކަން ހުކުމުން ސާބިތުވާކަމަށެވެ. އަދި މި ތަހުގީގަކީ ރައީސް ޔާމީނަށް ސީދާ އަމާޒުކޮށްގެން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަން ހާމަވާކަމަށެވެ. އަދި ހަމަ އެހެންމެ ޔާމީންގެ މައްޗަށް ކުރި ދައުވާގެ ލިޔެކިޔުންތައް ދީފައި ނުވާކަމާއި، އަދި އެމަނިކުފާނުގެ މައްޗަށް ދައުވާއުފުލާފައިވާ މައްސަލައިގެ ތުހުމަތު ކުރެވޭ އެތައްބަޔަކު ތިބިއިރު އެމަނިކުފާނަށް އެކަނި ދައުވާ ކުރުމަކީ ވަކި މީހަކަށްވުމުން ކުރާ ދައުވާއެއްކަން ހާމަވާ ކަމެއްކަމަށެވެ.

މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމުން ރައީސް ޔާމީން އިންސާފުވެރި ޝަރީއަތުން މަހުރޫމް ކޮށްފައިވާކަން ހާމަވެފައިވާކަމަށެވެ. އަދި 731 ދުވަސް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު މިއަދު ރައީސް ޔާމީން މިނިވަންވިއިރު މިހާދުވަހު އެމަނިކުފާނަށް ލިބިދިން އަނިޔާގެ ޒިންމަ ނަގާނީ ކާކުތޯ ޖަމީލް ސުވާލު އުފެއްދެވިއެވެ. އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް އެދުނީވެސް މިދުވަސް އަންނާނެކަން ގަބޫލު ކުރެވިގެން ކަމަށާއި، މިއަދު މިކަމުގައި ޒިންމާވާނީ ކާކުތޯ ޖަމީލް ވަނީ ތަކުރާރުކޮށް ސުވާލު އުފައްދާފައެވެ.

ހަމަ މިއާއިއެކު ރައީސް ޔާމީނަށް ވަކީލެއްގެ ހައްގުން މަހުރޫމް ކުރުމަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައިކަމަށާއި، މިއީ މިއަދުގެ ހުކުމުން ސާބިތުވި ކަންތައްތަކެއްކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރާ ހުރިހާ ދައުވާއަކީ އެއްވެސް އަސާސެއް އޮވެގެން ކުރާ ދައުވާތަކެއް ނޫންކަމަށެވެ. އެއީ ސީދާ ޔާމީނަށް ވުމުން ކުރާ ދައުވާތަކެއްކަމަށެވެ.

ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މުޅި ފޯކަސް އޮތީ ރައީސް ޔާމީނަށް ކުރާނެ ދުއްތުރާ ތަކަށް އެޓެންޑް ކުރުމަށް ކަމަށެވެ. އެނޫން އެއްވެސް މަގްސަދެއް ނޯންނާނެކަމަށެވެ. އަދި ކުރިއަށް އޮތީ ރައީސް ޔާމީނަށް ފަސޭހަ ދުވަސްތަކެއް ކަމަށް ބަލައިގެން ނުތިބޭނެކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢެ ކަނބާ
ހީހީ ހަލާކު ހަމަ ހިނި އަންނަނީ... މިއަދު ހުދު ކާފޫރަކަށް ބަދަލު މިވީ މިގައުމުގައި އުފެދުނު އެންމެ ބޮޑު ވަގު.. މަތީ ފަންތީގެ ބޭފުޅުން ވައްކަން ކުރީމައި ގޮވަނީ ކޮރަޕްޓް މީހެކޭ ކިޔާފަ.. އުފެދޭ ސުވާލަކީ ވަގަށް ނެގި 3.5 ބިލިއަން ރުފިޔާ ނެގީ ކާކުތޯ ... އަޅު ސާފުކުރަން ބޭނުމީ މިވެރިން ނުވަތަ މިވަގުންތައް ނުވަތަ މި ކޮރަޕްޓު ވެރިން ތައުބާ ވެއްޖެޔާ ﷲ ސުބުހާނަހޫ ވަތައާލާ މިވެރިންގެ ތައުބާ ގަބޫލު ކުރައްވާނެތޯ މިބައިގަޑު މީގެ އިތުރަށް ދޮގުހަދާ މަކަރުހަދާ އޮޅުވާލާ ފަސާދަކޮށް އިންސާފަށްހުރަސްއަޅާ ދޮގު ހުވާކޮށް ރުހުމާއި ނުރުހުމުގައި އެހެން މީހުންވެސް މިކަމުގައި ބައިވެރިކުރުވާ ގައުމު ފަސާދަކޮށް
ޜ ޜަސްފްރި
Imuraanaa nasheedu adipolis dookon nulaanekamugehetken bearadiyun manaakuruvan eulenee polihun ves haadavarekeado mihunnanee.yaameenan