ފަސް ޖުޑިޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަނީ

ފަސް ޖުޑިޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2021 11:52
0

ފަސް ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޖޭއެސްސީން ހުޅުވާލާފައިވާ ފަސް ދާއިރާއަކީ ނ، ބ، ހއ، ވ، އަދި ށ އަތޮޅުގެ ޖުޑިޝަލް ދާއިރާ އެށެވެ. މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އެ ބޭފުޅަކު ކުރިމަތިލައްވާ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާ ކުރަމުން ގެންދާ ބޭފުޅަކަށް ވާންޖެހެ އެވެ.

އަސާސީ މުސާރައިގެ ގޮތުގައި 23,150 ރުފިޔާ އަދި ލިވިން އެލަވަންސަށް 4،000 ރުފިޔާގެ އިތުރުން ރިސްކް އެލަވަންސަށް 800 ރުފިޔާ ވަނީ މިމަޤާމުތަކަށް ކަނޑައަޅާފައެވެ. ފަނޑިޔާރުންގެ ގާނޫނު ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މި މަގާމަށް ހެލްތު އިންޝުއަރެންސް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެއެވެ.

ޖޭއެސްސީން ބުނީ ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބޭފުޅުން ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.