"83″ގެ ޓީޒާ ދައްކާލައިފި

"83″ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
29 ނޮވެމްބަރ 2021 09:19
0

ރިލީޒް ނުކުރެވި ދިގު ދެމިގެން ގޮސްފައިވާ ރަންވީރް ސިންގް އާއި ދީޕިކާ ޕަޑުކޯންގެ ފިލްމް "83″ގެ ޓީޒާ ދައްކާލައިފިއެވެ.

ކަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ.

ގިނަ ބަޔަކު އަންނަނީ މި ފިލްމު އަޅުވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އާދައިގެ މަތިން މި ފިލްމުވެސް ނޭޅުވި ދިގު ދެމިގެން ދިޔައީ ކޯވީޑް-19ގެ ސަބަބުންނެވެ.

"83″ އަކީ އިންޑިއާ އިން 1983ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މީގައި ރަންވީރު ކުޅެފައި ވަނީ އޭރު އިންޑިއާ ޓީމްގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލެވެ. އަދި މި ފިލްމަކީ ރަންވީރާއި ދީޕިކާ ކައިވެނި ކުރިފަހުން އެކުގައި ފެނިގެން ދާ ފުރަތަމަ ފިލްމެވެ. މި ފިލްމްގައި ދީޕިކާ ކުޅެފައިވަނީވެސް ރަންވީރުގެ އަންބިމީހާގެ ރޯލެވެ. މިއީ ވަރަށް ކުޑަ ރޯލެކެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ފިލްމްގެ ޓީޒާ އާންމު ކުރަމުން ބުނެފައިވަނީ މި ފިލްމްގެ ޓަރެއިލާ މާދަމާ ރިއާންމު ކުރާނެ ކަމަށެވެ.

ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.