ކަނޑު ބައިބައި ކުރަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއްނޫން: މުސްތަފާ

ކަނޑު ބައިބައި ކުރަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއްނޫން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2021 11:50
0

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަންޖެހޭނީ ޗާގޯސް (ފޯޅަވަހި) ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ އައްޑު އަތޮޅުގެ ދެކުނުން އޮންނަ މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށްބުނެ މޮރިޝަސްއިން ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަށް މައްސަލައަށް ރާއްޖެއިން ޖަވާބުދީފައިވާކަމަށް ބުނެ އެޓާނީޖެނެރަލް އޮފީހުން ބަޔާނެއް ނެރެފައިވަނިކޮށެވެ.

މުސްތަފާ ވިދާޅުވީ ޗާގޯސް އާއި ރާއްޖެ އާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމަށްޓަކައި މޮރިޝަސްއިން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކަށް ވާންވީ ފޯޅަވަހި ރާއްޖެއަށް ލިބޭނެ ގޮތަކަށް މަސައްކަތް ކުރަންކަމަށެވެ. ކަނޑު ބައިބައި ކުރުމުގެ ވިސްނުމަކީ އެއްވެސް ގޮތެއްގައި މިކަމަށް އޮތް ހައްލެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކަނޑު ބައިބައި ކުރަން މަސައްކަތް ކުރުމަކީ ބުއްދިވެރި ކަމެއްނޫން. އޭގެ ބަދަލުގައި މަސައްކަތް ކޮށްފިއްޔާ ފޯޅަވަހި ރާއްޖެއަށް ލިބޭނެ.

– މުސްތަފާ ވިދާޅުވިއެވެ.

ޗާގޯސް އާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ އިހުތިސޯސް ކަނޑައެޅުމުގެ މައްސަލަ މޮރިޝަސްއިން ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލަށް އެ ގައުމުން ހުށަހަޅާފައިވަނީ ސެޕްޓެމްބަރ 2019 ގައެވެ.

އޭޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ ރާއްޖެފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއްކަމަށާއި މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

E eethetheh