ޕީޕީއެމްގެ އެޑްވއިޒަރު، ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލު

މަޚްލޫފް ވަޒީރަކު މަޤާމްގައި ބެހެއްޓުމުން އެނގެނީ ސަރުކާރަށް ނަޒާހަތްތެރިކަން މުހިންމު ނޫންކަން: ޖަމީލް

މަޚްލޫފް ވަޒީރަކު މަޤާމްގައި ބެހެއްޓުމުން އެނގެނީ ސަރުކާރަށް ނަޒާހަތްތެރިކަން މުހިންމު ނޫންކަން: ޖަމީލް

ޖިނާއީ ދަޢުވާ އުފުލާއިރުވެސް ވަޒީރަކު މަޤާމްގައި ބެހެއްޓުމުން އެނގެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނަޒާޙާތްތެރިކަން މުހިއްމު ނޫން މިންވަރުކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ދަޢުވާ އުފުލުމުންނެވެ.

ޑރ.ޖަމީލް ވިދާޅުވީ، ހުތުރު ބަދުނާމު ލިބޭ ވަޒީރުން ޑިމޮކްރެސީތަކުގައި މަޤާމުގައި ނުތިބޭނެކަމަށާއި، މިއީ މުޅި ނިޒާމަށް ލިބޭ ނިކަމެތި ކަމެއްކަމަށެވެ.

މަޚްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ.)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިިނިސްޓަރ މަޙްލޫފުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދަޢުވާއަކާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ 4 މަސްދުވަހަށްފަހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ މަސައްކަތަށް ނިކުންނަވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި 2019ވަނަ އަހަރުގެ ކުރީކޮޅުވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކޮށްފައިވެއެވެ

 

 

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އަޅެފަހެ…އަމިއްލައަށް ސުރުޚީ އެކަނި ކިޔާފަ ތިމާލިޔާ އެއްޗަކާ މެދު ބަހަވީ ހަމަތަކަށް ވިސްނާލުން ކީއް..ލަދުން ބޯހަލާކު.

Leave a Reply

Your email address will not be published. Required fields are marked *