މޮރީނިޔޯ ޓޮޓްނަމްގައި ކާމިޔާބުހޯދާނެ: ޕޮޗެޓީނިޔޯ

މޮރީނިޔޯ ޓޮޓްނަމްގައި ކާމިޔާބުހޯދާނެ: ޕޮޗެޓީނިޔޯ

ގުޅުންހުރި

ޓޮޓްނަމްގައި މޮރީނިޔޯ ކާމިޔާބުހޯދާނެކަމަށް އެޓީމުގެ ކުރީގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯ ބުނެފިއެވެ.

އޭނާގެ ކޯޗުކަމުގައި ޓޮޓްނަމް ލީގުގައި ނިންމާލީ ދެވަނައިގައި ވިޔަސް އެފަހަރު ސީޒަނުގައި ޓީމުން ދަނޑުބަދަލުކުރަން ޖެހުނީ އެންމެ ރަނގަޅު ވަގުތު ނޫންކަމުގައި ޕޮޗެޓީނީޔޯ ފާހަގަކުރިއެވެ. އެފަހަރު ސީޒަންގައި ބޮޑުތައްޓެއްގެ އަތްލުމާ ގާތައް ޓޮޓްނަމް ދިޔަނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް ފުރަތަމަފަހަރަށް ކުލަބަށް ކުޅެލަން ލިބުމަކީވެސް އޭނާ ޓޮޓްނަމް ހޯދާދެވުނު ހާއްސަ ޝަރަފެއްކަމަށް ޕޮޗެޓީނިޔޯ ވަނީ ބުނެފައެވެ. އޭނާ ބުނީ ޓޮޓްނަމް އެކު ހޭދަކުރީ ކާމިޔާބު އުފާވެރި ދުވަސްތަކެއް ކަމަށާއި އެއީ ކުލަބާއެކީގެ ހޭދަކުރި ވަރަށް ތަފާތު ދަތުރެއް ކަމަށް ޕޮޗެޓީނީޔޯ ބުނެފައިވެއެވެ.

އެއީ ވަރަށް ތަފާތު އިހްސާސްތެކެއް ކުރުވި ދަތުރެއް، ކުލަބާއެކު ވަރަށް ކާމިޔާބު މަސައްކަތެއް ކުރެވުނު ، އަހަންނަށް ފަހު އަހަރެން އުންމީދުކުރަން މޮރީނިޔޯއަށް ކުލަބާއެކު ތަށި ހޯދިދާނެކަމަށް.

– ޕޮޗެޓީނިޔޯ

އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ބުނީ އެޓީމަށް މައްސަލަ ދިމާވާން ފެށީ  ޓީމުގެ އަމިއްލަދަނޑު މަރާމަތައް ބަންދުކޮށް ވެންބްލީގައި ކުޅެންފެށި ހިސާބުންކަމަށެވެ. އޭނާ އަށްފަހު ކުލަބާ ހަވާލުވި މޮރީނިޔޯ ގުޅޭގޮތުން ޕޮޗެޓީނިޔޯ ބުނީ މޮރިނިޔޯ އެކު ޓޮޓްނަމުން ކާމިޔާބު ދުވަސްތަކެއް ހޭދަކުރާނެކަމަށް އުންމީދުކުރާ ކަމަށާއި ޓޮޓްނަމްގައި މިހާރު މިއޮތް ޓީމާއެކު މޮރީނިޔޯ އަށް ޓޮޓްނަމަށް ތަށިތަކެއް ހޯދިދާނެކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 14 ޕޮއިންޓް ހޯދައިގެން ޓޮޓްނަމް އޮތީ ތާވަލުގެ ތިންވަނައިގަ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *