ހެއްކާއިބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހެއްކާއިބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 09:14
0

ހެއްކާ ބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި، ތަހުގީގުކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފޮރެންސިކާއި މާލެ ސިޓީ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކާއި ޕޮލިސް ރީޖަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން މައުލޫމާތު ދީ ފުލުހުންގެ ފަރާތުން ބިލަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.