ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލާގެ ތުހުމަތުގައި ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ކުރިން ވިދާޅުވެފައިވަނީ ބަޔަކުވެގެން ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާކަމަށެވެ. އެގޮތަށް އޭނާގެ އާއިލާއިންވެސް އަންނަނީ ތުހުމަތުކުރަމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ ޝިރުމީނާ، ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ގެންދާކަމަށާއި އެމައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށެވެ.
އޭނާ ގެއްލިގެން ހޯދަމުން އިއުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 13:30 އިން ފެށިގެންނެވެ. އޭނާ ވަނީ މިއަދު ހެނދުނު 8:45 ހާއިރު ގެއަށް ގޮސްފައިކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ