މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރަނީ

މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރަނީ

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2021 08:39
0

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގައި ހިންގަމުން އަންނަ މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މާލޭ ޖަލުގެ ބަދަލުގައި ހުޅުމާލޭގައި ޖަލެއް އެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. މިއީ ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އަޅުއްވާ ފިޔަވަޅެއްކަމަށާއި، އެގޮތުން މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރައްވާއިރު ޖާގަ އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި މިސަރުކާރުގެ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ޙާލަތު އޮތީ ވަރަށް ގޯސްކޮށްކަމަށެވެ.

އެހެންކަމުން ޖަލުތަކުގެ ޙާލަތު ރަނގަޅުކުރައްވަން ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާތަނަށްވެސް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖަލުތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމަށާ، އެމައްސަލަ ޙައްލުކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ޖަލުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާއިރު އެތަނަކީ ގާތްގަނޑަކަށް 100 މީހުންގެ ޖާގައިގެ ޖަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.