ނުވަ ވަނަ ލިވިން އެކްސްޕޯ ފެށިގެން ކުރިއަށް!

ނުވަ ވަނަ ލިވިން އެކްސްޕޯ ފެށިގެން ކުރިއަށް!

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2021 04:35
0

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަށައިފިއެވެ. މިއަހަރުގެ އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ. އެކސްޕޯ ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އަސްލަމް ވަނީ، ފެއާގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، ކުންފުނިތަކުން ޝޯކޭސް ކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ.

ލިވިންގ އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި މެލޭޝިއާގެ ޕްރޮޕަޓީ އެންޑު ރެސިޑެންސް ކުންފުނި ލިންބާގު، ރާއްޖޭގެ ރިއަލް އެސްޓޭޓު ކުންފުންޏެއް ކަމަށްވާ އެކުއާވިޓާ ރެސިޑެންސާޒް އަދި އާރުސީސީ- ކްރީކް ވިއު ހިމެނެއެވެ. މީގެ އިތުރުން އެސްޓީއޯ، ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ރެއިންބޯ ފަދަ ކުންފުނިތައް މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ. އެކްސްޕޯގެ ތެރެއިން މި ކުންފުނިތަކުގެ ތަފާތު ޕްރޮޑަކްޓްސްތައް އާންމުންނަށް ފެންނަން ހުންނާނެކަމަށް ހައިރައިޒްއިން ބުނެއެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭނގަޑު 10:00އާއި ހަމައަށެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯގައި ޢާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލް އެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ބުނެއެވެ.

ކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.