ލީގުގައި ބާސެލޯނާގެ ފޯމާ މެދު ކަންބޮޑުވޭ: ކޫމަން

ލީގުގައި ބާސެލޯނާގެ ފޯމާ މެދު ކަންބޮޑުވޭ: ކޫމަން

Author
އިބްރާހީމް ސާޢިދު
03 ނޮވެމްބަރ 2020 12:34
0

ސްޕެނިޝްލީގުގައި ބާސެލޯނާގެ ފޯމާ މެދު ކަންބޮޑުވާކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން ބުނީ ޓިމުގައި އޭނާ ކަންބޮޑުވަނީ ކުރިޔަށް ކުޅޭ ކުޅުންތެރިންނަށް ލަނޑުޖެހުމުގައި ދިމާވާ މައްސަލަތައްކަމަށެވެ. އޭނާ ބުނީ ބާސޯލާއަށް ދިމާވެގެން އުޅެނީ ކުޅުންތެރިންގެ އެޓިޓިއުޑްގެ މައްސަލައެއް ނޫންކަމަށާއި ޓީމަށް ދިމާވަނީ ދޭންވީވަރަށް ސަމާލުކަން ނުދިނުމުގެ މައްސަލަކަމަށް ކޫމަން ފާހަގަކުރިއެވެ. އޭނާ ބުނީ އެންމެފަހުން ލީގުގަ ކުޅުނު މެޗުގައި އަލްވޭސްއިން ޖެހީ ބާސެލޯނާއިން ހަދިޔާކުރި ލަނޑެއްކަމަށެވެ.

މިސީޒަނުގައި އަލަށް ޓީމާ ހަވާލުވި ކޯޗު ބުނީ މެޗުތަކުގައި ބާސެލޯނާއިން ލަނޑުޖަހަން ގިނަފުރުސަތުތަކެއް ތަނަވަސްކުރާ ކަމަށާއި އެކަމަކު އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބާސެލޯނާއަށް ނުހިފޭކަމަށެވެ. ހުރިހާ ފުރުސަތަކުން އެންމެލަނޑެއް ކާމިޔާބުކުރޭވޭނަމަ އެއީ މައްސަލައެއް ކަމަށެވެ.

އަހަރުމެންނަށް ފުރުސަތު ހޯދޭ އެކަމަކު ލަނޑެއް ނުޖެހޭ، އެންމެފަހު ޓަޗުގައި މައްސަލަ މިއުޅެނީ، މިއީ ހަގީގަތުގަވެސް ކަންބޮވާންޖެހޭ ކަމައް، މިކަންކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ.

– ބާސެލޯނާގެ ކޯޗު ކޫމަން

ކޫމަން ބުނީ އެންމެފަހުން ކުޅުނު މެޗުތަކުން އެންމެ ދެޕޮއިންޓް ޓީމަށް ލިބުމަކީ މިހާރު މިއޮތް ހާލަތާމެދު ކަންބޮޑުވާން ޖެހޭކަމެއް ކަމަށާއި މިކަންކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށެވެ.

ލީގުގައި ކުޅުނު ހަމެޗުން ލިބުނު 8 ޕޮއިންޓާއެކު މިވަގުތު ބާސެލޯނާ އޮތީ ލަލީގާގެ ތާވަލުގެ 12 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.