އަމިއްލަ ވަތަނުގެ މިނިވަންކަން ދިފާއުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް: އިމްރާން

އަމިއްލަ ވަތަނުގެ މިނިވަންކަން ދިފާއުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް: އިމްރާން

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2020 12:24
0

މުސްލިމުންގެ އަމިއްލަ ވަތަނާއި، ފަސްގަނޑު ދިފާއު ކުރުމަކީ މުސްލިމު ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ދީނީ ޤައުމީ ވާޖިބެއް ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާއި ގުޅުވައިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މުސްލިމުންގެ އަމިއްލަ ވަތަނާއި ފަސްގަނޑު ދިފާއު ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ. ވަތަނުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތް ކުރުމުގައި އަމިއްލަ ފުނާނައިން ގުރުބާންވުމަކީ ވާޖިބް ކަމެއްކަމަށް މިނިނސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއަދު ދިވެހި ސަރުކާރުން އަޒުމް ކަނޑައަޅާފައިވަނީ މިހަގީގަތުގެ މައްޗަށް ކަންކަން ބައްޓަންކޮށް ދިވެހި ފަސްގަނޑު ތާއަބަދަށް މިނިވަންކަންމަތީ ބޭއްވުމަށްކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ.

ނޮވެމްބަރު 3 ގެ ބާޣީންނާއި ދުޝްމަނުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. މި ޢުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. ލުޠުފީގެ އިތުރުން މިޙަމަލާގައި ހިމެނޭ މީހުންނަކީ ސަގަރު އަޙްމަދު ނާޞިރާއި، ޢަބްދުﷲ ޝާހިދާއި ކަރޯ ޢައްބާސް އިބްރާހީމާއި، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )އާއި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.