ނަސްރުގެ ދުވަހުގެ ދިިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

ނަސްރުގެ ދުވަހުގެ ދިިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2020 09:33
0

32ވވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޝަހީދުންގެ ބިނާގައި ދިިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނައަހަރު ދިވެހިރާއްޖެއަށް ބަޔަކު ދިން ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ އަށް ނަސްރު ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ދިދަ ޖެހުމުގެ ރަސްމިއްޔާތާޢި، ގާޑް މޮމެންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިރަސްމިއްޔާތުގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި ސިފައިންގެ ޢަޒުމް އާކޮށް ޝަހީދުވި ސިފައިންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

ނަސްރުގެ ދުވަހުގެ ޚާއްޞަ ދުޢާގައި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ދަމަހައްޓަވައި، ދިވެހި ޤައުމު ޚާއިނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އަމްނު އަމާންކަން ދަމަހައްޓައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ އެންމެހައި ކަންތައްތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންނާއި މާލޭގެ ރައްޔިތުން ދެއްކި ހިތްވަރާއެކު، ރަށްރަށުގެ ރައްޔިތުން ކުރި ދުވާ އިޖާބަކުރައްވައި ޚާއިނުންގެ މައްޗަށް ދިވެހި ސިފައިންނާއި ދިވެހި އެންމެހާ ރައްޔިތުން ނަސްރު ލިބިގެން ދިޔައެވެ.  ދިވެހި ތާރީޚުގައިވެސް ބިރުވެރިކަމާއި އަނދިރިކަމާ ނާމާންކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ފަވާލާފައިވާ މިދުވަސް ދިވެހިންގެ ނަސްރުގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާ ސަރުކާރުން މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.