އެމްޑީޕީ އެކްޓިވިސްޓް ޝަތުފާއަށް ހެލްތު މިނިސްޓްރީން ސިޔާސީ މަޤާމެއް!

އެމްޑީޕީ އެކްޓިވިސްޓް ޝަތުފާއަށް ހެލްތު މިނިސްޓްރީން ސިޔާސީ މަޤާމެއް!

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2021 06:48
0

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އާމިނަތު ޝަތުފާއަށް ސިޔާސީ މަޤާމެއް ދީފިއެެވެ. ޝަތުފާއަށް ވަޒީފާ ދީފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެގޮތުން އޭނާ އައްޔަންކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދަުރުގައިވެސް އެ ކައުންސިލްގައި މަސައްކަތްކުރި ޝަތުފާއަކީ އެމްޑީޕީއާއި ސަރުކާރުގެ ޚަބަރުތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމުގައި ވަރަށް ހަރަކާތްތެރި ފަރާތެކެވެ.

ޝަތުފާއަށް ވަޒީފާ ދިންކަން ރަސްމީކޮށް ހާމަކޮށްފައިނުވިނަމަވެސް މިހާރު ވަނީ ހެލްތު މިނިސްޓްރީން މީޑިއާއާއި މަޢުލޫމާތު ހިއްސާކުރާ ވައިބަރ ގްރޫޕަށް ވެސް އެޑްކޮށްފައެވެ.

ޝަތުފާއަށް ސިޔާސީ މަޤާމެއް ދެއްވާފައިވާއިރު، މުސާރައިގެ ގޮތުގައި ދެނީ ކިހަވަރެއްކަމެއް ނޭނގެއެވެ. ނަމަވެސް ސިޔާސީ ގޮތުން އައްޔަންކުރަ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުންނަަށް މުސާރައިގެ ގޮތުައި މަދުވެގެން 20،000 ރުފިޔާ ދެއެވެ.

މިސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަކަމަށް ބުނެ ބައެއް ފަރަތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ސިޔާސީ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ދަރަނިތައް އަދާަނުކޮން އަނެއްކާސިޔަަސީމަގާމުތައްއިތުރުކުރައްފެށީ ކިހާބޮޑިކަމެއްތަދެން