މިއީ ބޮލީވުޑްގެ 2 ތަރިން، ކޮން ބައެއްކަން އެނގޭތަ؟

މިއީ ބޮލީވުޑްގެ 2 ތަރިން، ކޮން ބައެއްކަން އެނގޭތަ؟

ފޮޓޯގައި އެވަނީ ބޮލީވުޑްގައި މިހާރު ނަންވިދާ ދެތަރިންނެވެ. މި ސްޓަރ ކިޑުންނަކީ ކޮންބައެއް ކަން އެނގޭތޯއެވެ؟

މިއީ އިއްޔެ 31 އަހަރު ފުރުން ފާހަކުރި ހަރްޝްވަރްދަން ކަޕޫރުގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށް އޭނާގެ ދައްތަ ސޯނަމް ކަޕޫރު ހިއްސާކުރި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. އާނއެކެވެ. މިއީ ކުޑަކުޑަ ހަރްޝްވަރްދަނާއި ސޯނަމެވެ.

 

View this post on Instagram

 

A post shared by Sonam K Ahuja (@sonamkapoor)

މި ފޮޓޯތަކުގެ ތެރެއިން ފުރަތަމަ ފޮޓޯގައި ހަރްޝްވަރްދަނާއި ސޯނަމް ކުޅެން ތިބިތަން ފެންނައިރު ދެވަނަ ފޮޓޯގައި އެ އާއިލާގެ އަނެއް ކުއްޖާ ރިއާ ކަޕޫރުވެސް ފެނިގެން ދެއެވެ.

ހަރްޝްވަރްދަންގެ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ ދައްތަ ސޯނަމްގެ އިތުރުން އޭނާގެ ބައްޕަ އަނިލް ކަޕޫރު ކުރި ޕޯސްޓަށްވެސް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަނިލް އިންސްޓަގްރާމް ގައި ޕޯސްޓްކުރި ފޮޓޯއާއެކު ދަރިފުޅަށް "ތޭންކްސް ބްރޯ" އޭ ބުނެ މުހާތަބު ކުރުމުން ގިނަބަޔަކަށް ވަނީ ވަރަށް "ކޫލް" ކަމަކަށް ވެފައެވެ.

 

View this post on Instagram

 

A post shared by anilskapoor (@anilskapoor)

މީގެ އިތުން ހަރްޝްވަރްދަންގެ ދެބެންގެ ދެދަރި ބޭބެއެއް ކަމަށްވާ ފިލްމީ ތަރި އަރްޖުން ކަޕޫރުވެސް ވަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

2015 ވަނަ އަހަރުގެ ފިލްމު "ބޮމްބޭ ވެލްވެޓް" ގައި އެސިސްޓެންޓް ޑައިރެކްޓަރަކަށް މަސައްކަތް ކުރުމަށްފަހު ޖެހިގެން އައި އަހަރު ފިލްމު "މިރްޒިޔާ" އިން އެކްޓިންގ ދާއިރާއަށް ނުކުމެފައިވާ ހަރްޝްވަރްދަން މިހާރު ކުރަމުންދާ މަސައްކަތަކީ އިންޑިއާގެ އޮލިމްޕިކް ތަރިއެއްކަމަށްވާ އަބީނަވް ބިނދްރާގެ ބަޔޯޕިކްގެ މަސައްކަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *