މަކަރާއި ހީލަތުގެ މައްސަލައެއްގެ މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2021 03:22
0

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވަނީ ސ. ފޭދޫ / ފީރޯޒުގެ، މުޙައްމަދު މިޞްބާޙް (36އ)A154007 އެވެ. އޭނާ ހާޒިރު ކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް/ މައުލޫމާތު ސާފުކުރުމަށެވެ.

އޭނާ ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 11:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، އަށެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ ހޯދަން އިއުލާން ކުރީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.