ދެ ރަށެއްގެ ބަނަދަރު ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
ބަނދަރު ތަރައްޤީކުރުމަށް ނިންމާފައިވާ ދެ ރަށަކީ ބ.ހިތާދޫ އަދި ރ.ކިނޮޅަސްއެވެ. ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 14،929.60 އަކަމީޓަރަށް ބަނދަރު ފުން ކުރުމާއި 4،101 އަކަ މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 22 މީޓަރ ގޮރޮއިން ޖެހުމާއި 70 މީޓަރ ބޮޑު ހިލައިގެން ބޭރުތޮށި ލުމާއި 425 މީޓަރ ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި 4 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 350 މީޓަރ އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި 5 މޫރިން ބޮއި ހަރުކުރުމަށްވެސް މި މަޝްރޫޢުގައި ހަމަޖެހިފައިވެއެވެ.
17 މިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރދަުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި އެ ރަށުގެ އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އަޅައި ކޮންކްރީޓް ޕްލެޓްފޯމަކާއި ރޭމްޕެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި 18 މަގުބައްތި ހަރުކުރުމާއި 1750 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 540 ދުވަސްތެރޭ ނިންމުމަށެވެ.
ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި
ޕްރެސް ރިލީޒް:https://t.co/zp8TrxveMg pic.twitter.com/PQ47Yjqr1Z— MTCC Plc (@MTCCPlc) November 8, 2021
މީގެ އިތުރުން ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 15،252 އަކަމީޓަރަށް ބަނދަރު ފުން ކުރުމާއި 31،726 އަކަމީޓަރުގެ ބައެއް ބަނަދަރަށް އިތުރުކޮށް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް 1،920 މީޓަރަށް، ބަނދަރަށް ވަންނަ ނެރު ފުން ކުރަންވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން 162 މީޓަރުގެ ގޮރޮއިން ޖެހުމާއި 285 މީޓަރު ބޭރުތޮށި ލުމާއި 65 މީޓަރަށް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖހިފައެވެ. އަދި 186 މީޓަރަށް ސްކީރިން އެޕްރޮން ޖެހުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި 160 މީޓަރު ކޮންކްރީޓް ކާރބް ޖެހުމާއި 186 އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ.
ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި
ޕްރެސް ރިލީޒް:https://t.co/xLL1ALonWq pic.twitter.com/0WLS3Uod69— MTCC Plc (@MTCCPlc) November 8, 2021
45 މިލިޔަންނަށްވުރެ ގިނަ ރުފިޔާ ޚަރދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި 10 މޫރިން ބޮއި ހަރުކުރުމާއި ރޭމްޕް ހެދުމާއި 18 މަގުބައްތި ހަރުކުރުމާއި 1663.36 އަކަ މީޓަރު ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެތެރޭގައި ނިންމުމަށެވެ.
ކޮމެންޓު ފޮނުވާ