ޖިންސީ ގޯނާގެ މައްސަލާގައި ޔުނާން އާއި ރިހުލާގެ މައްޗަށް ދައުވާކޮށްފި

ޖިންސީ ގޯނާގެ މައްސަލާގައި ޔުނާން އާއި ރިހުލާގެ މައްޗަށް ދައުވާކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 07:41
0

ކުޑަ ފިރިހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާޠިމަތު ރިހުލާ، 2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، މުޙައްމަދު ޔުނާންގެ މައްޗަށް 9 ދަޢުވާ، ފާޠިމަތު ރިހްލާގެ މައްޗަށް 5 ދަޢުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފައިވާކަމަށެވެ.

ޔުނާންގެ މައްޗަށް ކޮށްފައިވާ 9 ދައުވާ:

ރިހުލާގެ މައްޗަށް ކޮށްފައިވާ 5 ދައުވާ:

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތައް ސީރިއަސް އަވަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ޕީޖީ އޮފީހުން މިދެމަފިރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު، އުމުރު އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމްތަކެއް އަންނާނެއެވެ. ކޮންމެ ދައުވާއެއްގައި މަދުވެގެން 15 އަހަރުގެ ޖަލު ހުކުމްތަކެއް ހުރިއިރު، މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާތަކެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.