މަސްތުވާކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

މަސްތުވާކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2020 02:28
0

ލ. އަތޮޅުން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މުއްޔަށް ދިޔަ ލޯންޗަކުން ފޭބި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުންކަމަށެވެ. އަދި އެ ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ބެލެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް އެކަކުގެ ހަށިގަނޑުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އަނެއް މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ހަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ 30 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.