ސިއްޙީ ހާލުކޮޅު ގޯސްވެ، ކުއީން އެލިަބަތު ގޭގައި އަރާމު ކުރައްވަން ޑޮކްޓަރުން އަންގަވައިފި

ސިއްޙީ ހާލުކޮޅު ގޯސްވެ، ކުއީން އެލިަބަތު ގޭގައި އަރާމު ކުރައްވަން ޑޮކްޓަރުން އަންގަވައިފި

Author
ހުސެއިން
29 އޮކްޓޯބަރ 2021 11:21
0

އިގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތުގެ ސިއްޙީ ހާލުކޮޅު ގޯސްވެ، މަދުވެގެން ކުރިޔަށް އޮތް ދެހްފަތާގައި ގޭގައި އަރާމު ކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވައިފިކަން ރާނީގެ ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސްއިން ހާމަ ކޮށްފިއެވެ.

އުމުރުފުޅުން 95 އަހަރުގެ ރާނީ އެއްވެސް ރަސްމީ އިހުތިފާލެއްގައިވެސް ބައިވެރިވެ ވަޑައިގަތުން މަނާކޮށް، ގޭގައި އަރާމުކުރައްވަން ޑޮކްޓަރުން އަންގަވާފައިވާކަން ޝާހީ ގަޑުވަރުން ހާމަ ކޮށްފައި މިވަނީ، ސިއްޙީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން މީގެ ހަފްތާއެއް ކުރިން ރާނީ ހޮސސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވާފައި ވަނިކޮށެވެ.

އެހެންނަމަވެސް ޝާހީ ގަޑުވަރުގެ ތަރުޖަމާނަކު އޭރު ވިދާޅުވެފައިވަނީ، ރާނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ، ހަދަން ޖެހޭ ތަހުލީލްތަކެއް ހެދުމަށް ކަމަށެވެ.

ބަކިންހަމް ޕެލްސްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިޔަށް އޮތް ދެ ހަފްތާ ގޭގައި އަރާމުކުރުމަށް ޑޮކްޓަރުން އަންގަވާފައި ވީނަމަވެސް، މޭޒު ކައިރީގައި އިންނަވައިގެން ކުރައްވަންޖެހޭ އާދައިގެ ލުއި މަސައްކަތައް ކުރެއްވުމުގެ ހުއްދައާއި އަދި އޭގެ އިތުރުން އޮންލައިން ބައެއް ބައްދަލުވުން ތަކުގައިވެސް ގޭގައި ހުންނަވައިގެން ބައިވެރިވުމުގެ ފުރުސަތު ޑޮކްޓަރުން ރާނީއަށް ދީފައިވާ ކަމުގައެވެ.

ދުނިޔޭގައި މިހާރުވެސް ފެތުރެމުންދާ ކޯވިޑް ނުރައްކަލުގެ ސަބަބުން، އިނގިރޭސިވިލާތުގައި އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕް26 ސަމިޓަށް ވަޑައި ނުގެންވުމަށްވެސް ރާނީވަނީ ނިންމަވާފައެވެ.

އިގިރޭސި ރާނީ ކުއީން އެލިޒަބަތު II އަކީ، އިނގިރޭސި ތަޚުތުގައި މިހާތަނަށް އެންމެ ދިގުމުއްދަތަކަށް ރާނީކަން ކުރައްވާފައިވާ ރާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައީދު
މުޅިޢުމުރުވެސް އަރާމެއް ނޫންތަ ކުރެއްވީ؟