ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި

ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2020 02:23
0

ލ.މާވަށު ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާވަށު ވަޑާން ގެއަކުން ވައްކަންކޮށްފައިވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެތަކެތި ހޯދާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުކަމަށެވެ. ފުލުހުން ހޯދިތަކެތީގެ ތެރޭގައި ހިމެނެނީ ދެ ބުރުމާ ކައްޓާއި، ކޭސިން ކަޓަރަކާއި، ދެ މާކަރީ ލައިޓާއި، ވަށް ކަރަންޓް ކީހެއްގެ އިތުރުން ރަހަފަތިގަނޑެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 1 ވަނަ ދުވަހު އެރަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ އިތުރަށް ތަޙްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.