ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި

ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި

ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ.

ކޫމަން މަގާމުން ވަކިކޮށްފައިމިވަނީ ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން ބަލިވެ، ކްލަބް ނަތީޖާތައް ދަށްވެފައިވާއި ދަނޑިވަޅެއްގައެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން އެންމެ 15 ޕޮއިންޓް ލިބިފައިވާއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ ވަނީ ދެ ފަހަރަށް ބަލިވެފައެވެ.

އުމުރުން 58 އަހަރުގެ ކޫމަން ބާސެލޯނާގެ ކޯޗު ކަމުން ވަކިކޮށްފައިވަނީ، ލީގުުގައި ރޭ ބާސެލޯނާ ބަލިވި މެޗަށްފަހު ބޯޑު މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. އެ ބައްދަލުވުމަށްފަހު ބާސާއިން ނެރުނު ބަޔާނެއްގައި ރޭގެ މެޗުން ބަލިވުމާއެކު، ކޯމަން ވަކިކުރަން ނިންމިކަން އޭނާއަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ އަންގާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވި ކޫމަން އެ ކްލަބުގެ ކޯޗުގެ މަގާމުން ވަކިކުރުމަށް ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކޯޗަކަށް ދެން ގެންނަން މަސައްކަތް ކުރަމުން އަންނަނީ އެ ކްލަބުގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޒަވީ ހެނާންޑޭޒްއެވެ. ޒަވީ އަންނަނީ ގަތަރުގެ އަލް ސާދުގެ ކޯޗަކަށް ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *